މަރަށް ތައްޔާރުވެގެން ހުރިނަމަ މި 3 ސުވާލުގެ ޖަވާބު ދީބަލަ-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މަރަށް ތައްޔާރުވެގެން ހުރިނަމަ މި 3 ސުވާލުގެ ޖަވާބު ދީބަލަ-!: މުފްތީ މެންކް

ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ މަރަށް ތައްޔާރުވުމެވެ. އެހެނީ މަރަށް ތައްޔޔާރުނުވެ ހުއްޓައި މަރުވެއްޖެނަމަ އެހިސާބުން އެމީހަކަށް އެދިމާވީ އެންމެ ބޮޑު މިޞީބާތެވެ. މިފަދަ ވާހަކަތައް ދައްކާއިރަށް "މިއީ ތިއަ ބާވަތުގެ ވާހަކަތައް ދައްކަން ކޮން ވަގުތެއް؟" ކަމާއިމެދު އެބަ ސުވާލުކުރެއެވެ. މީސްތަކުންނޭވެ! މި ފަދަ ވާހަކަތައް ދައްކަން ވަކި ވަގުތެއް ނެތެވެ. މިފަދަ ވާހަކަތައް ގިނަގިނައިން ނުދައްކައި ސަލާމަތްކަމެއް ނެތެވެ.

މަރުމަތިން ހަނދާންވާނީ މިފަދަ ސުވާލުތައް ގިނަގިނައިން ކުރި ވަރަކަށެވެ. އެންމެ ގާތް އެކުވެރިޔާޢަކީ ގިނަގިނައިން ކޮފީ ދޭ މީހާއެއް ނޫނެވެ! އެންމެ ގާތް އެކުވެރިއަކީ އެންމެ ގިނައިން މަރު ހަނދާންކޮށްދޭ އެކުވެރިޔާއެވެ!

މި 3 ސުވާލުގެ ޖަވާބަކީ "ނޫން" ކަމަށްވާނަމަ މަރާއި ކުރިމަތިލުމަށް ތިބާއަށް ވެވިފައިވަނީ ކޮން ތައްޔާރީއެއް ކަމާއިމެދު ސުވާލު އުފެދެއެވެ.

ތިއަ ނިދަނީ ތިބާ އުފެއްދެވި ﷲ ތަޢާލާ އާއި ބައްދަލުކުރަން ތައްޔާރުވެގެން ހެއްޔެވެ؟

ތިއަ ނިދަނީ ދުނިޔޭގެ ޙަޔާތައްވުރެ އެތައް މިލިއަން އަހަރެން ދިގުވެގެންދާނެ ކައްވަޅުގެ ޙަޔާތުގެ ފުރަތަމަ ރެއާއި ބައްދަލުކުރަން ތައްޔާރުވެގެން ހެއްޔެވެ؟

ތިއަ ނިދަނީ ތިބާގެ އަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ތައްޔާރުވެގެން ހެއްޔެވެ؟

ޖަވާބަކީ "ނޫން" ކަމަށްވާނަމަ މަރާއި ކުރިމަތިލުމަށް ތިބާއަށް ވެވިފައިވަނީ ކޮން ތައްޔާރީއެއް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން