ތިބާ ދޫކުރާ ސީޝާ އާ ސިގިރޭޓް ދުމުގެ ސަބަބުން ގިނައިން މަރުވަނީ ދަރިންނާ ޢާއިލާގެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ތިބާ ދޫކުރާ ސީޝާ އާ ސިގިރޭޓް ދުމުގެ ސަބަބުން ގިނައިން މަރުވަނީ ދަރިންނާ ޢާއިލާގެ މީހުން!

ދުންފަތުގެ އިސްތިޢްމާލުކުރުން

ދުންފަތުގެ ދުމުން ފުއްޕާމެއަށް ކެންސަރު ޖެހުން އިތުރުވާތީ ޑޮކްޓަރުންގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ޑޮކްޓަރުން ބުނަނީ ރައްޔިތުން ހޭލުންތެރިކުރުވަން ކުރެވޭ މަސައްކަތަށްބަލާއިރު ދުންފަތާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށްވުރެ ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރަން ކުރެވޭ މަސައްކަތް މާބޮޑުކަމަށެވެ.

އެގޮތުން ބާޒާރަށް ނެރެމުންދާ ދުންފަތުގެ ތަފާތު ފްލޭވަރތަކާއިއެކު ދުންފަތުގެ އިސްތިޢްމާލުކުރުން އިތުރުވެފައިވާކަމާއި ދުންފަތުގެ އިސްތިޢްމާލްކުރާ ކުޑަކުދިންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާކަންވެސް ޑޮކްޓަރުން ފާހަގަކުރެއެވެ.

ދުންފަތުގެ ދުމުން ފުއްޕާމެއަށް ކެންސަރު ޖެހުން އިތުރުވާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅޫކުރާ އެއް ޤައުމަކީ އޮސްޓްރޭލިއާ އެވެ.

އޮސްޓްރޭލިއާގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ޝީޝާގެ ދުމާއި ސިގިރޭޓް ދުމުން ޖައްވުދަނީ ފުރެމުންނެވެ. އެކަމުގެ އަސަރުކޮށް ގިނަ ބައަކަށް ދަނީ ކެންސަރުޖެހެމުންނެވެ. ދުންފަތަށް ތަފާތު ބާވަތްތައް އިތުރުކުރުމާއި ތަފާތު ރަހަ ލައްވަން އަޅާ ބާވަތްތަކުގެ ސަބަބުން ފުއްޕާމެއަށް ކުރާ އަސަރު ދަނީ ބޮޑުވަމުންނެވެ.

މިކަންބޮޑުވުންތައް އޮސްޓްރޭލިއާގެ ޑޮކްޓަރުން ފައުޅުކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި "ފްލޭވަރޑް ސިގަރެޓް" ބޯ ކުޑަކުދިންގެ އަންނަނީ އިތުރުވަމުންނެވެ. ތަފާތު ރަހަތައް ލާ ސިގިރެޓް އުފެއްދުމުން ކުޑަކުދިންގެ ޝައުޤުވެރިކަން އިތުރުވެ އެކަން މިހާރުވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައެވެ.

ޑޮކްޓަރުންގެ މިފަދަ އިންޒާރުތަކާއި ގުޅިގެން އެޤައުމުގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ އާވި ސިގިރެޓް ނޫން ފްލޭވަރތަކުގެ ސިގިރެޓާއި ސީޝާ ދުންފަތް މީގެ 2 އަހަރު ކުރިންސުރެ މަނާވެސް ކޮށްފައެވެ.

ރާއްޖޭގައި ދަނީ ސީޝާ އާއި ދުންފަތުގެ އިސްތިޢްމާލުކުރުން އިތުރުވަމުންނެވެ. ސީޝާ ބޯ މަރުކަޒުތައް ދަނީ އިތުރުވަމުންނެވެ. މަގުމަތީގައާއި ޢާންމުތަންތަނުގައި ދުންފަތުގެ އިސްތިޢްމާލުކުރުން މަނާކުރަން ޤާނޫނު ހަދާ ވާހަކަދައްކާތާ 10- 15 އަހަރުވީއިރުވެސް އެކަމަށް ޤާނޫނެއް ހެދުނު ކަމަކަށް ނުވެއެވެ. އަދި ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރާނެ އިދާރާއެއްވެސް ހުންނަ ކަމަކަށް ނުވެއެވެ.

ޑޮކްޓަރުން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ ދުންފަތުގެ ދުމުން ގިނައިން ކެންސަރު ޖެހެނީ ދުންފަތުގެ އިސްތިޢްމާލް ނުކުރާ މީހުންނަށް ކަމެވެ. ކެންސަރު ޖެހި މަރުވަމުންދަނީ އެމީހުންގެ އަނބިން، ފިރިން، ދަރިން، މައިންބަފައިންނާއި ޢާއިލާގެ މީހުން ކަމަށެވެ.

ޑރ. ރިޗަރޑް ހޯވިޗް ވިދާޅުވެފައިވަނީ ޢާއިލާ ދެކެ އެއްވެސް މިންވަރަކަށް ލޯބިވާ މީހަކު ޢާއިލާގެ މީހުންނަށް ކެންސަރު ޖެހިދާނެ ކަންކަން ނުކުރާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ހޭލުންތެރިކުރުވަން މަސައްކަތްކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުގެ ޑިޔުޓީ ބޮޑުކުރީ ހޭލުންތެރިކުރުވަން މަސައްކަތްކުރަން ކުރާ ޚަރަދު އިތުރުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޙަޤީޤަތަކީ ޑިޔުޓީ އެންމެ ކުޑަކޮށް ނެގިއިރު ކުރިވަރަށްވެސް މީހުންގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްނުކުރާކަންކަމަށް ގިނަބައަކު ބުނެއެވެ. "އެޗްޕީއޭ ވަނީ ދުންފަތަށް ވިކި ހުސްވެފަ. އެތެރެކުރާ ވިޔަފާރިވެރިންނަށް އަޅުވެތިވެ ކަސްތޮޅު އެޅިފަ" ކަމަށްވެސް ގިންބައަކު ބުނެއެވެ.

 

މިއަދު އޮންލައިން