ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަސް ބޭނުންވާނެ ކަމަކީ އެމީހެއްގެ ނަމާދު ވީހާފުރިހަމައަށް ކުރުމެވެ. އެއީ ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުގެ ކަމަށްވާތީއެވެ. ނަމާދު ފުރިހަމައަށް ނުކުރެވިވާނަމަ އެހެން ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތުމުންނެވެ.
ނަމާދު ނަމާދަކަށް ހެދޭނީ ނަމާދުކުރަން ރަސޫލް (ﷺ) ނަމާދުކުރަން ދަސްކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. ވީމާ ރަސޫލް (ﷺ) ދަސްކޮށްދެއްވި ގޮތަށް ނަމާދުކުރަން ސަމާލުކަން ދޭން ޖެހޭނެއެވެ.
މިލިޔުމުގައިވާ ވީޑިއޯގައި ބަޔާންކޮށްފައިވަނީ ނަމާދުކުރުމުގައި އަމަލުކުރެވޭ ބައެއް ކުށް ގޮތްތަކާއި ރަނގަޅު ގޮތެވެ. ވީޑިއޯގައި އަޑުހުރީ ޢަރަބި ބަހުންނަމަވެސް ތިރީ ބާރއަށް އިނގިރޭސި ތަރުޖަމާ ހުރީ އަރުވައިފައެވެ. އަދި ވީޑިއޯ އަރުވާ ފާހަގަތަކުންވެސް ގޯސް ގޮތްތައް ފާހަގަކުރެއްވޭނެއެވެ.
ރަނގަޅަށް ސަމާލުކަން ދެއްވައިގެން ވީޑިއޯ ބައްލަވާލައްވާށެވެ.!
ގުޅުންހުރި ވީޑިއޯ:
youtube.com/watch?v=iIFJZLd9lCQ