ޤިޔާމަތް ދުވަހު ތިބާގެ ގާތަށް މަލާއިކަތަކު ވަޑައިގެން ހިތްވަރު ދެއްވަވާނެ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޤިޔާމަތް ދުވަހު ތިބާގެ ގާތަށް މަލާއިކަތަކު ވަޑައިގެން ހިތްވަރު ދެއްވަވާނެ މީހަކަށްވާށެވެ!

"ﷲ ތަޢާލާ އެނގެވި ގޮތުގައި ދުނިޔޭގައި އުޅުނު ކޮންމެ މީހެއްގެ ގާތަށް މަލާއިކަތަކު ވަޑައިގަންނަވާނެއެވެ. އަދި ބިރު ނުގަތުމަށާއި އެމީހާއަކީ ބިރުވެރިކަމުން ސަލާމަތްކަން ލިބިގެންވާ މީހެއްކަމަށް ވިދާޅުވެ ހިތްވަރު ދެއްވަވާނެތެވެ. 

"ޤިޔާމަތްވުމުގެ ތާޅަފިލި އިސްރާފީލްގެފާނު ފުމެލެއްވެވުމުން ކައްވަޅުތަކާއި ދިމާއިން ބިންގަނޑު ފަޅަފަޅައިގެންދާނެއެވެ. ހުޅުވިގެންދާ ބާގަނޑުތަކުން އެތަންތަނުގައި ވަޅުލެވިފައިވާ މީހުން ތެދުވެ ނުކުންނާނެއެވެ. މީސްތަކުން ކައްވަޅުތަކުން ނުކުންނަތަން މީސްތަކުންނަށް ފެންނާނެއެވެ." 

ދުނިޔޭގައި ތިމާގެ ވަށައިގެން ބޮޑީގާޑުންތައް ގެންގުޅެވުމަކުން ލިބޭނެ އެއްވެސް އުފަލެއް ނެތެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބެން އޮތީ ޤިޔާމަތް ދުވަހު ތިބާގެ ގާތަށް މަލާއިކަތަކު ވަޑައިގެން ތިބާއަށް ހިތްވަރު ދެއްވަވާނެ މީހަކަށް ވެވިގެންނެވެ. 

މިމަތިވެރި ނިޢްމަތަކީ އެ ނިޢްމަތް ހޯދަން މަސައްކަތްކުރި ކޮންމެ މީހަކަށްވެސް ލިބެން އޮތް ނިޢްމަތެކެވެ. ނިޢްމަތް ލިބިގަންނަން ތަނަވަސްކަން ބޭނުމެއް ނުވެއެވެ. މަތީ މަޤާމެއްވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ތަޤްވާވެރިކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަސް ދުނިޔޭގައި އުޅުމެވެ. އެއީ ހަމަ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންނަމަ ކުރެވެން އޮތް ކަމެކެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން