ސުލައިމާންގެފާނުގެ ސިޔަރަތު 81: ދެޔޯ އަތުލައިގަނެ ޤިޔާމަތާހަމައަށް އޮންނާނެ ގޮތަށް ހިލައެއްގާ ބަންދުކުރެއްވެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ސުލައިމާންގެފާނުގެ ސިޔަރަތު 81: ދެޔޯ އަތުލައިގަނެ ޤިޔާމަތާހަމައަށް އޮންނާނެ ގޮތަށް ހިލައެއްގާ ބަންދުކުރެއްވެވުން

سليمان ގެފާނު ދެޔޯއިންނާއި سؤال ކުރެއްވުމުން އެބައިމީހުން ދެންނެވިއެވެ. نبي الله އެވެ. صهرة ދެޔޯ (ސުލައިމާނުގެފާނުގެ އަނގޮޓިފުޅު ވަގަށްނެގި ދެޔޯ) ކަލޭގެފާނަށް ބިރުން މިހާރު ވަނީ ކަނޑުގެ އަޑީގައި ފިލައެވެ. حكمة އަކުން ނޫނީ އެސޮރު ދެން އަތުލައެއް ނުގަނެވޭނެ އެވެ. އެހެނީ ކަލޭގެފާނުގެ އަމުރުފުޅު ދެއްވައި ފިއްޔާ ދޮގެއް ހަދާލައިގެން އޭނާއަތުލައިގެންފާނަމެވެ. 

سليمان ގެފާނު ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. އަވަހަށް ދާށެވެ. ގޮސް އޭނާ އަތުލައިގަނެގެން މިތަނަށް ގެނެސްދޭށެވެ. سليمان ގެފާނު މިއަމުރުފުޅު ދެއްވުމުން ދެޔޯއިންގެ މީސްތަކުން صخرة ފިލާ އޮތް ކަނޑުގެ އައްސޭރިއަށް ހިނގައްޖެ އެވެ. އަދި އޭނާއަށްގޮވަން ފަށައިފި އެވެ. صخرة އެވެ. ކަލޭ ތިޔައުޅެނީ ކޮންތާކުހޭ؟ ނިކަން އައިސްބަލާށެވެ. މިހާރު سليمان ގެފާނު އަވަހާރަ ވެއްޖެއެވެ. 

މިއަޑު އަހާފައި މިދެޔޯ ކަނޑުން އަރައިފި އެވެ. އެވަގުތު ހުރިހާ ދެޔޯއިންވެގެން އޭނާ ހައްޔަރު ކޮށްލައިގެން سليمان ގެ ފާނުގެ އަރިހަށް حاضر ކޮށްފި އެވެ. އޭނާ ކުރި ކުށުގެ عقوبات އަކަށް ސާޅީސް ދުވަސް ވަންދެން އޭނާއަށް ސަޒާ ދެއްވުމަށްފަހު ހިލައެއްގެ ތެރޭގައި އޭނާ ބަންދު ކުރައްވައިފި އެވެ. 

ބުނެވެނީ މިއަދާއި ހަމަޔަށްވެސް އޭނާ ވަނީހަމަ އެ حال ގައެވެ. އަދި قيامة އާއިހަމަޔަށްވެސް އޭނާގެ حال އަކީ މިޔެވެ. 

- އަދި ނުނިމޭ

މިއަދު އޮންލައިން