މުސްލިމުން ފަޟީޙަތްކޮށްފަ ފިލަން ވަދެވޭނެ އަމާންތަނެއް ނެތް- ކޮންމެ ތަނަކު އޮތަސް ފަޟީޙަތް ކުރައްވަވާނެ!: ޝައިޚް އަޙްމަދު ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
މުސްލިމުން ފަޟީޙަތްކޮށްފަ ފިލަން ވަދެވޭނެ އަމާންތަނެއް ނެތް- ކޮންމެ ތަނަކު އޮތަސް ފަޟީޙަތް ކުރައްވަވާނެ!: ޝައިޚް އަޙްމަދު ސަމީރު

ނަބިއްޔާ ﷺ حديث   ކުރައްވާފައިވަނީ، يَا مَعْشَرَ مَن أسْلَمَ بِلِسَانِهِ އޭ ހަމައެކަނި ދުލުކޮޅުން އިސްލާމްވި މީހުންނޭވެ. وَلَمْ يَدْخُلِ الإيْمَانُ قَلْبَهُ އެމީހެއްގެ އީމާންކަން އެމީހެއްގެ ހިތަށް ވަދެފައި ނުވާ މީހުންނޭވެ.! 

لاَتُأْذُلْ المُسْلِمين އިސްލާމުންނަށް ތިޔަބައިމީހުން އުނދަގޫ ނުކުރާށެވެ. ތިޔަބައިމީހުންގެ ދޫތަކުން އެމީހުނަށް ފުރައްސާރަ ނުކުރާށެވެ. وَلاَ تُعَيِّرُوْهُمْ  އަދި އެބައިމީހުނަށް ޢައިބު ނުކިޔާށެވެ. وَلاَ تَتَّبِعُو عَوْرَاتِهِمْ  އަދި އެބައިމީހުންގެ ޢައުރާތުތަކަށް އަދި އެބައިމީހުންގެ ޢައިބުތަކާއި، އުނި ކަންކަމަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ. އެކަންކަން ހޯދާ ފަސްފަހަތުން ނުދުވާށެވެ. فَإِنَّهُ مَن تَتَبَّعَ عَورَة أخِيْهِ المُسْلِمْ  މުސްލިމް އަޚެއްގެ ޢައިބުތަކެއް ހޯދުމަށްޓަކައި ފަސްފަހަތުން ހިނގަންފަށައިފި ކަމުގައިވާނަމަ يَتَتَبَّعِ اللهَ عَوْرَتَهُ، الله سُبحَانَهُ وَتَعَالَى  އެބައިމީހުންގެ ޢައިބުތަކާއި އުނި ކަންކަން ފަޟީޙަތް ކުރައްވާނެތެވެ.

وَوَتَتَبَّعِ الله عَورَتَهُ  يَحْفَظُهُهُ  وَلَو فِى جَوفِ بَيْتِهِ މީހެއްގެ މުސްލިމެއް ފަޟީޙަތް ކުރުމަށްޓަކައި ޙައްޤުން ކަމަކާނުލައި އޭނާއާއި ބެހޭގޮތުން ވާހަކަ ދައްކަމުންދާމީހާ އެމީހެއްގެ ފަހަތުން އެމީހެއްގެ ޢައިބުތަކާމެދު  الله سُبحَانَهُ وَتَعَالَى ބައްލަވާ ވޮޑިގެން އެކަންކަން އެމީހެއްގެ ފަސްފަހަތުން الله سُبحَانَهُ وَتَعَالَى  އެކަންކަން ބައްލަވާ ވޮޑިގެން ފާޅުކުރައްވަން ފަށްޓަވައިފި ކަމުގައިވާނަމަ يَحْفَظُهُهُ  وَلَو فِى جَوفِ بَيْتِهِ އޭނާ އޭނާގެ ގޭގެ އެތެރޭގައި ފިލާވަންހަނާވެ އޮތްކަމުގައިވާނަމަވެސް الله سُبحَانَهُ وَتَعَالَى  އޭނާ ފަޟީޙަތް ކުރައްވާނެ. މުސްލިމަކު ފަޟީޙަތް ކޮށްފައި މުސްލިމެއްގެ ޢަބުރު ކަތިލާފައި، ތިމާމެންނަށް ފިލާ ރައްކާވެ ތިބެވޭނެ ކަމުގައި ހީނުކުރާތި ދުނިޔޭގައިވެސް الله سُبحَانَهُ وَتَعَالَى  އެބަޔަކު ފަޟީޙަތް ކުރައްވާނެ. އުޚުރަވީ ޙަޔާތުގައި ވެސް އެބަޔަކު الله سُبحَانَهُ وَتَعَالَى  ފަޟީޙަތް ކުރައްވާނެ. 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

މިއަދު އޮންލައިން