ކެތްކޮށްލެވޭނެތަ؟ ތިބާކުރި ނުބައި، ފާފަވެރި ވީޑިއޯތައް ﷲ ތަޢާލާގެ ކުރިފުޅުމަތީގަ ބަލަން ތިބާއަށް ޖެހޭނެ ވަގުތު ތިބާގެ ޙާލަކީ ކޮބާ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކެތްކޮށްލެވޭނެތަ؟ ތިބާކުރި ނުބައި، ފާފަވެރި ވީޑިއޯތައް ﷲ ތަޢާލާގެ ކުރިފުޅުމަތީގަ ބަލަން ތިބާއަށް ޖެހޭނެ ވަގުތު ތިބާގެ ޙާލަކީ ކޮބާ؟: މުފްތީ މެންކް

މީސްތަކުން މިއަދު ޣާފިލުވެފައި މިތިބަވަރުން ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގެއެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަމުގެ ވީޑިއޯތައް ހަދައި ޢާންމުކުރަނީއެވެ. ﷲ ތައާލާ އާއި ދެކޮޅަށް (އިސްލާމް ދީނާއި ދެކޮޅަށް) މަކަރުވެރިރޭވުންތައް ރާވަނީއެވެ. ބޮޑެތި ފާފަތައް ކުރަނީއެވެ! ޤިޔާމަތް ދުވަހާއިމެދު ވިސްނައިލުމެއް ނެތެވެ.

ހަމައެކަނި މިކަންކަން ހިތަށް ގެނެސްބަލާށެވެ! ތިބާކުޅަ ޢަމަލުތަކުގެ ފަތް ތިބާގެއަތަށް ދެއްވަވާނެތެވެ. އެއިގައިވާ އެއްޗެއް ބަލައި އަމިއްލައަށް ހާމަކުރަން ވަޙީޚުރައްވަވާނެތެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ.

އެހިދު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ތިބާއަށް ޖެހޭނީ ތިބާކުޅަ ޢަމަލުތައް ބަލާށެވެ. ކުރި ވީޑިއޯތައްވެސް ބަލާށެވެ! ﷲ ތަޢާލާ އާއި ދެކޮޅަށް ތިބާ ރޭވި ރޭވުންތަކުގެ ވާހަކަތައްވެސް ހާމަކުރާށެވެ. ބަހަނާއެއް ނުދެއްކޭނެއެވެ. ދޮގެއް ނުހެދޭނެއެވެ. ގުނަވަންތައް ހެކިދޭނެއެވެ.

 

ނިކަން ހިތަށް ގެނެސްބަލާށެވެ! ތިއަކުރާ ފާފަވެރި ވީޑިއޯތަކާއި ނަގާފޮޓޯތައް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ބަަލންޖެހޭނެ ވަގުތެވެ. އިސްލާމް ދީނާ ދެކޮޅަށް ކުރާ ޢަމަލުތައް އަމިއްލަ ދުލުން ހާމަކުރަންޖެހޭނެ ވަގުތެވެ. ބުނި މުރުތައްދުބަސްތައް ބުނަންޖެހޭނެ ވަގުތެވެ. ކުރިފާފަތަކުގެ ވާހަކަ އަމިއްލައަށް ދައްކަންޖެހޭނެ ވަގުތެވެ. ކޮންމެ މީހަކުވެސް ނަރަކައަށް ވަންނާނީ އަމިއްލަ ކުށަށް އިޢްތިރާފްވާ ޙާލުގައި ކަމަށް އޮތީ މިސަބަބުތަކަށްޓަކައެވެ.

މީސްތަކުންނޭވެ! އަދިވެސް ވަގުތު އެބައޮތެވެ! ނޭވާލެވޭހައި ހިނދަކު (މަރުނުވާހައި ހިނދަކު/ މަލަކުލްމައުތު ފުރާމަ ނިއްޕަވަން ވަޑައިގަންނަވަންދެން) ވަގުތު އެބަ އޮތެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސްމެއެވެ. ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސްމެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން