ތިބާކުރާ ކުދިކުދި ޙެޔޮ ޢަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު، ތިބާ ސުވަރުގެ ވައްދައިދޭނެ ބާރަށްވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިބާކުރާ ކުދިކުދި ޙެޔޮ ޢަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު، ތިބާ ސުވަރުގެ ވައްދައިދޭނެ ބާރަށްވެދާނެ!: މުފްތީ މެންކް

އަަހރެމެން ކޮންމެ މީހަކުވެސް ކުރަން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެވެ. އެއީ ކުރަން އެހައި ބުރަ އަދި އުނދަގޫކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކިތަންމެ ކުޑަ ނަމަވެސް ދާއިމީ ގޮތެއްގައި ކުރާ ހެޔޮ ޢަމަލެވެ. ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ޢަމަލެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އެއް ދުވަހު ކީރިތި ޤުރްއާނުން ފޮތެއް ކިޔަވާފައި ދެން އެތައް ދުވަހެއް ފާއިތުވަންދެން ނުކިޔަވާ ހުރުމަށްވުރެ ދުވާލަކު އެންމެ ޞަފްޙާއެއް ނަމަވެސް ކިޔެވުންމަތީގައި ދެމިހުރުމުގެ ފައިދާ މާބޮޑެވެ. 

ވީމާ ފަރުޟު ނަމާދުތަކުގެ އިތުރުން ރަވާތިބް ސުންނަތްތައް ކުރާށެވެ. އެންމެ ރަކްޢަތަކުން ނަމަވެސް ވިތުރިކުރާށެވެ. ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރާށެވެ! ޟުޙާ ނަމާދުގެ 2 ރަކްޢަތް ނަމަވެސްމެއެވެ. 

މީގެމާނައަކީ އިތުރަށް ނުކުރުމެއް ނޫނެވެ. އިތުރަށް ކުރިވަރަކަށް ޘަވާބު އިތުރުކުރައްވަވާނެތެވެ. މިބުނާ ބަހަކީ އެއަޅުކަމެއްގެ އެންމެ މަދުމިންވަރު ނަމަވެސް ދާއިމީ ގޮތެއްގައި ކުރަމުން ގެންދާށެވެ. އެއްދުވަހު ގިނައިން ކޮށްފައި އަނެއް ދުވަހު ނުކޮށް ނުހުންނާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން