ޓޯޓަލް ފިޓްނެސް ގްރޫޕުންމިއަހަރު އަލަށް ތަޢާރަފްކުރި ބޮޑުހާފު ދުވުން މިއަދު ބާއްވައިފިއެވެ.
މިދުވުން ބާއްވާފައިވަނީ ހުޅުމާލޭގައެވެ. 90އަސްވުރެ ގިނަ މީހުން ބައިވެރި ދުވުމުގެ ބޮޑުހާފު ޓައިޓްލް ވަނީ 50އަށްވުގެ ގިނަދުވުންތެރިން ހޯދާފައެވެ.
އެހެން ދުވުންތަކާއި ޚިލާފަށް ބޮޑުހާފުގައި ދުވެފައިވަނީ 5 ކިލޯ މީޓަރު ފުރަތަމަ ފެށުމަށްފަހު، 10 ކިލޯމީޓަރު އަދި އެންމެ ޗެލެންޖިންގ 21 ކިލޯމީޓަރ އެންމެފަހުން ފަށާގޮތަށެވެ.
އެގޮތުން 5 ކިލޯމީޓަރު ދުވުން ފެށީ ފަތިހު 05:30 ގައެވެ. އަދި ދުވުން ނިންމުމަށް 45 ވަނީ ދީފައެވެ. 10 ކިލޯމީޓަރ 06:30 ގައި ފެށިއިރު، 1 ގަޑި 30 ގެ ވަގުތެއް ނިންމުމަށް ދިނެވެ. އަދި 21 ކިލޯމީޓަރ 08:30 ގައި ފެށީ 3 ގަޑި އިރުގެ ތެރޭގައި ނިންމުމަށް ވަގުތު ދީފައެވެ.
އެންމެ ދިގުދުވުން މެންދުރުވަގުތު ދުވަން ޖެހުމުން ރާއްޖޭގެ ދުވުންތެރިންނަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް މެދުވެރިވިއެވެ. އަދި ކަނޑައެޅޭ ވަކި ވަގުތެއްގައި ނިންމުމަކީވެސް ދަތިކަމެއް މެދުވެރިވި ކަމެކެވެ.
ޓީއެފްޖީ އިން ބުނީ އެންމެ ދިގުކޮށްދުވާ ދުވުން އެ
މީގެ އިތުރުން ބޮޑުހާފުގެ ދުވުންތައް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފެށުމަށެވެ. އެހެންވެ، ފަށާ ގަޑިއަށް ނާންނަ ފަރާތްތަކަށް އެ ކެޓަގަރީގައި ބައިވެރިނުވެވޭގޮތަށްވެސް ވަނީ ނިންމާފައެވެ.
ބޮޑުހާފުގެ ޓައިޓްލް ލިބުނީ ކަނޑައެޅިފައިވާ ވަގުތުގައި މި