ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. ތިބާގެ ބާލިދީން އަޚާގެ ބާލިދީއަށް ފެންއަޅާލަދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޞަދަގާތެކެވެ."
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ލޯފަން މީހަކަށް މަގު ދައްކައިދީ އެހީތެރިވުމަކީ ޞަދަގާތެކެވެ."
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ތިބާގެ އަޚާގެ މޫނުމަތީގައި ހިނިތުން ވެލުމަކީ ޞަދަގާތެކެވެ."
ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "މަގުގެއްލިފައިވާ މީހަކަށް ހެޔޮމަގު ދައްކުވައިދިނުމަކީ ޞަދަގާތެކެވެ."
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. " ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް