ތިބާގެ ބޭނުންތައް ނުފުދޭނަމަ ނިކަން ޙަދީޘްފުޅުގައިވާ މި މަގުން ޢަމަލުކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާގެ ބޭނުންތައް ނުފުދޭނަމަ ނިކަން ޙަދީޘްފުޅުގައިވާ މި މަގުން ޢަމަލުކޮށްބަލާށެވެ!

ރަސޫލް (ﷺ)ގެ ޙަދީޘްފުޅެއްގައިވެއެވެ. "ތިބާ އެދޭ ކަންކަން ޙާޞިލުކުރަން ބޭނުންނަމަ އަދި ތިބާގެ ހިތަކީ މަޑުމޮޅި އެއްޗެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ ޔަތީމް ކުއްޖެއްގެ ގާތަށް ގޮސް އޭނާއަށް ލޯބިދޭށެވެ."

މިކަމުގެ މުހިންމުކަން މިހައި ބޮޑުވަނީ ޔަތީމް ކުއްޖަކަށް ލޯބި ދިނުމުން އެ ކުއްޖާގެ ބައްޕަ ނެތުމުން ކުއްޖާއަށް ގެއްލިފައިވާ ލޯބި ކުއްޖާއަށް ލިބިގެންދާތީއެވެ. ފަޤީރުންނަށް ކާންދީ ހެޔޮކޮށް ހިތުމަކީވެސް ހިތަށް މަޑުމޮޅިކަން ގެނެސްދޭ ކަމެކެވެ.

އިންސާނާގެ ހިތަކީ އެއިގެ އަސްލު ޒާތަށް ބަލައިފިނަމަ ވަރަށް މަޑުމަޑު އެއްޗެކެވެ. އެއްވެސް ކަށްޓެއްވެސް ނުހުރެއެވެ. އަހަރެމެންނަށް ފެންނަ ފެނުމުގައި ހިތް ކިތަންމެ މަޑު ނަމަވެސް ހިތަކީ ހަރުވެގެންދާ އެއްޗެކެވެ. ހިތް ހަރުވެގެން ދިއަ ނުދީ މަޑުމޮޅި އެއްޗެއްގެ ގޮތުގައި ބާއްވަން ޖެހޭ ސަބަބަކީ އެފަދަ ހިތެއް އޮވެގެން ނޫނީ ﷲ ތަޢާލާ އާއިމެދު ބިރުވެތި ނުވެވޭނެތީއެވެ. ތަޤްވާވެރިވެސް ނުވެވޭނެތީއެވެ.

ހިތް ހަރުވެގެންދާ ސަބަބުތަކުގެ ތެރޭގައި ޝައިޠޯނާގެ ވަސްވާސްތަކާއި އެމީހަކު ދުނިޔެއިން ބޭނުންވާ ކަންތައްތައް ގިނަވުމާއި ގިނަ ކަންކަމަށް ދަހިވެތިވުން ފަދަ އެތައް ކަމެއް ހިމެނެއެވެ. އެހެންކަމުން ހިތަކީ މަޑުމޮޅި އެއްޗެއްގެ ގޮތުގައި ބާއްވަން މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ނޫން ނަމަ އެކަން ވެގެންދާނީ ވަރަށް ނުރައްކައުތެރި އަދި ވަރަށް ގެއްލުންހުރި ކަމަކަށެވެ. އެހެންކަމުން ހިތަކީ މަޑުމޮޅި އެއްޗެއްގެ ގޮތުގައި ބާއްވަން ކުރެވިދާނެ ބައެއް ކަންކަން ބުނެދޭނަމެވެ.

ފުރަތަމަ ކަމަކީ މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. އޯގާތެރިވުމެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އިޅްލާޞްތެރިކަމާއިއެކުގައި ކުރުމެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށްޓަކައި ކުރަމުން ގެންދިއުމެވެ.

ދެވަނަ ކަމަކީ ހުވަފަތް އަންހެނުންނާއި ޔަތީމް، މިސްކީނު ކުދިންނާއި އަދި ޢާންމުކޮށް ހުރިހާ ފަޤީރުންނަށް ހެޔޮކޮށް ހިތުމެވެ. ނިކަމެތިންނާއި އަޅައިލުމެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބޭ މީހުންނަށް އެހީތެރިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން