އެކުވެރިޔާއަށްޓަކާ ތިމާގެ ލޯބިވެރިޔާ ދޫކޮށްލުމުންވެސް އަގު ވަޒަން ނުކުރާނެ މީހުން ތިބޭނެ! މާޔޫސްނުވެ ހުރެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެކުވެރިޔާއަށްޓަކާ ތިމާގެ ލޯބިވެރިޔާ ދޫކޮށްލުމުންވެސް އަގު ވަޒަން ނުކުރާނެ މީހުން ތިބޭނެ! މާޔޫސްނުވެ ހުރެވޭނެ މަގު-

މީހަކަށް ކަންކަން ކޮށްދޭއިރުވެސް އަދި އެއްޗެއް ދިންނަމަވެސް އެއިގެ ބަދަލުގައި އެފަދަ ކަމެއް އޭނާ ތިބާއަށް ކޮށްދީފާނެ ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އޭނާގެ ހިތަކީ ތިބާގެ ހިތް ފަދަ ދީލަތި ހިތަކަށް ނުވެދާނެއެވެ! 

ބައެއް މީހުން އެމީހުންގެ އެކުވެރިޔާއަށްޓަކައި ތިމާ އެންމެ ލޯބިވާ މީހާވެސް އެބަ ދޫކޮށްލައެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ދިނުމުންވެސް، ހަދިޔާ ލިބޭފަހުން ހަދިޔާދިން އެކުވެރިޔާގެ ދިލަތިކަން އެބަ ހަނދާން ނައްތާލައެވެ. އަދި މަދުން ނަމަވެސް ދުޝްމިނުންނަށްވެސް އެބަ ބަދަލުވެއެވެ. 

އަނެއް ބައަކު ދުޝްމިނުންނަށް ބަދަލުނުވި ނަމަވެސް އެކުވެރިކަންމަތިން އެބަހަނދާން ނައްތާލައެވެ. ގުޅުން ކަނޑާލައެވެ. ނުވަތަ ދުރުވެގަނެއެވެ. 

މިފަދަ ކަންކަމަކީ ހަމަ ހިނގާނެ ކަންކަމެވެ. ސަބަބަކީ އެންމެންގެ ހިތުގައި ދީލަތިކަމާއި ވަފާތެރިކަން އެއްވަރުނުވެދާނެތީއެވެ. އިންޞާފަށް ލޯބިކުރުމާއި އަގުވަންކުރުމުގައި މައްސަލަތައް ކުރިމަތިވަނީ އެހެންވާތީއެވެ. 

ކޮންމެއަކަސް އެކުވެރިޔާއަށްޓަކައި ބޮޑެތި ކަންކަން ކޮށްދިނުމުން އެކަމުގެ އަގުވަޒަން ނުކުރުމުން މާޔޫސްވުމަކީ މެދުވެރިވަމުން އަންނަ ކަމެކެވެ. ޙައްލަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިންނަމަވެސް އަދި އެމީހަކަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީއެއްވީނަމަވެސް އެކަންކަން ކުރަންވާނީ އަނެކާގެ ކިބައިން ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުލިބޭނެކަމަށް ބަލައިގެންނެވެ. އެއިރުން ދެރަވެ މާޔޫސްވާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން