އަލަށް ފެންނަ ކޮންމެ އެއްޗެއް ބޭނުންވާނަމަ އަނބިން ބަދަލުކޮށެއް ނުނިމޭނެ! އެއީ ދީނުގަ ކަންކުރަން އޮތްގޮތެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަލަށް ފެންނަ ކޮންމެ އެއްޗެއް ބޭނުންވާނަމަ އަނބިން ބަދަލުކޮށެއް ނުނިމޭނެ! އެއީ ދީނުގަ ކަންކުރަން އޮތްގޮތެއް ނޫން!: މުފްތީ މެންކް

މިހާރަކަށް އައިސް އަލަށް ފެންނަ ކޮންމެ އެއްޗެއް ބޭނުންވަމުން ގޮސް އެކަމުގެ އަސަރު އަމިއްލަ ދިރިއުޅުމަށްވެސް ވަރަށް ބޮޑަށް ކޮށްފިއެވެ. އަތުގައި އޮންނަ ފޯނު ކިތަންމެ ރަނގަޅުނަމަވެސް އަލަށް ނުކުންނަ ފޯނު ބޭނުންވެއެވެ. ކާރުފަދަ ތަކެތިވެސް ބޭނުންވެއެވެ. އެގޮތަށް ބޭނުންވަމުން ގޮސް ޙަޔާތުގެ ބައިވެރިޔާވެސް މިއޮންނަނީ އަބަދު ބަދަލުކުރަންޖެހިފައެވެ. އަނބިން ބަދަލުކުރަންޖެހިފައެވެ. 

މީސްތަކުންނޭވެ! މިއީ އިސްލާމް ދީނުގައި މިކަންކަން ކުރަން އޮތް ގޮތެއް ނޫނެވެ. ތަނަވަސްކަން ހުރިނަމަވެސް މެއެވެ. ޚާއްޞަކޮށް ދަރަނިވެރިވެގެން ކުރާއިރުގައެވެ.

ގެންގުޅޭ ތަކެތި އަބަދު އައުކުރަން ހަދައިގެން މުޅި ޢުމުރު ދަރަނިވެރިކަމުގައި އުޅެންޖެހޭ މީހުން މަދެއް ނޫނެވެ. ޚާއްޞަކޮށް ތަރައްޤީވެފައިވާ ޤަުމުތަކުގައި ދަރަންޏަށް ތަކެތި ލިބުން ފަސޭހަވުމުން މިފަދަ ކަންކަން އޮންނަނީ ވަރަށް ބޮޑަށް ޢާންމުކަމަކަށްވެފައެވެ. ދަރަނިތަކަށް ކެނޑުމުން އަމިއްލައަށް ބޭނުންކުރަންޖެހޭ ފައިސާކޮޅު މަދުވެ ޙާލުގައި ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ. ބަލިވުން، ވަޒީފާ ގެއްލުން ފަދަ ކަންކަމާއި ގުޅިގެން ގިނަ ބައަކު އެންމެ ބޮޑަށް ނިކަމެތިވެ ޙާލުގައި ޖެހެނީ ދަރައިގެން ދިރިއުޅެން އާދަކޮށްފައިވުމުންނެވެ. 

އިސްލާމް ދީން ބާރުއަޅަނީ ދަރަނިވެރި ނުވުމަށެވެ. ރީތި މީހަކު ފެންނައިރަށް ބައިވެރިޔާ ބަދަލުނުކުރުމަށެވެ. ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށެވެ. ޚާއްޞަކޮށް ދަރިން ލިބުމުން ވަކިނުވުމަށެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކައިވެނި ރޫޅައިނުލުމަށެވެ. 

ޒަމާނީ ފެޝަނަށް ތިބޭ މީހަކު ފެންނައިރަށް އެމީހަކާއި ގުޅެން ބޭނުންވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޑިޒައިނާއި ސްޓައިލް މިދަނީ ކޮންމެ ދުވަހަކު ބަދަލުވަމުންނެވެ. ކޮންމެ ދުވަހަކުވެސް އައު ޑިޒައިންތަކާއި ސްޓައިލްތައް ފެންނާނެއެވެ. ނުބަލައި އިސް ތިރިކުރަން ދީނުގައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން