މިއަދުވެސް މިއިވޭއަޑު އިވިވަޑައިގަތުމުން ޚަންޖަރު ޖެހުމުން ބަނޑުފުޅުގަ ބާގަނޑެއް ހެދި ލޭ އޮހޮރެމުންދިއައިރު ޢުމަރުގެފާނު ވިދާޅުވި ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މިއަދުވެސް މިއިވޭއަޑު އިވިވަޑައިގަތުމުން ޚަންޖަރު ޖެހުމުން ބަނޑުފުޅުގަ ބާގަނޑެއް ހެދި ލޭ އޮހޮރެމުންދިއައިރު ޢުމަރުގެފާނު ވިދާޅުވި ބަސްފުޅު-

ރަސޫލް ﷺ ގެ ޒަމާނުގައިވެސް ޢުމަރުގެފާނުގެފާނުގެ ޒަމާނުގައިވެސް އަދި މިއަދުވެސް މިސްކިތްތަކުން ގޮވަނީ ހަމަ ބަންގިއެވެ. ގޮވަނީ އެއް ކަލިތަކެކެވެ. ތަފާތަކީ އެޒަމާނަށްވުރެ މާ އަޑުބާރުވެފައި މާދުރަށް އަޑު އިވޭކަމެވެ. ކޮންމެ ގެއަކުންވެސް އަޑުއިވޭކަމެވެ. އަދި އަމިއްލަ ޖީބުންވެސް އަދު އިވޭކަމެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ބަނޑުފުޅަށް ޚަންޖަރު ހަރައިލީ އެކަންޏެއް ނޫނެވެ. ބޮޑު ބައުގަނޑެއްވެސް ވަނީ ހެދިފައެވެ. ނަމަވެސް ބަންގީގެ އަޑު އިވިވަޑައިގަތުމުން މަސައްކަތްޕުޅު ކުރެއްވެވީ ތެދުވެވަޑައިގެން ނަމާދަށް ވަޑައިގަތުމަށެވެ.

އަރިއަހުގައި ތިއްބެވި ބޭކަލުން ޢުމަރުގެފާނުގެ ޙާލުކޮޅު ބަޔާންކޮށް ދެއްވަވައި "ތިއަ އަވަހާރަވަނީ" ކަމަށް ދެންނެވުމުން ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ؟ "ބަންގީގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ނަމާދަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމާދު އަޅުއްވަވަން ދެއްކެވޭނެ އުޒުރެއް ނެތް ކަމަށެވެ. ޤަޞްދުގައި ނަމާދު އެޅުމަކީ ދީނުން ބޭރުވުން ކަމަށާއި އެކަން ނުކުރައްވާނެ ކަމަށެވެ."

މަރްޔަމް ސޫރަތުގެ 31 ވަނަ ޢާޔަތް ބަލާށެވެ. މިއީ ޢީސާގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ބަސްފުޅު އެވަނީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. އެންމެހައި މީސްތަކުން އެގޮތަށް ޢަމަލުކުރަން ޖެހޭނެކަން ބަޔާންކުރެއްވެވުމުގެ ގޮތުންނެވެ.

"އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތްދިނުމަށް، އެކަލާނގެ މިއަޅާއަށް ވަޞިއްޔަތް ކުރެއްވިއެވެ." (މަރްޔަމް: 31)

ދެން ބަލައިލަންވީ ރަސޫލް (ޞޢވ) ޢަމަލުފުޅު ކުރެއްވެވި ގޮތުގައެވެ. ރަސޫލް (ޞޢވ) ވަނީ ދުނިޔޭގައި ހުންނެވިހައި ދުވަހު މިއާޔަތަށް ޢަމަލުކުރައްވަވައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުޖެހިވަޑައިގަތުމުން ދެ ޞަހާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން މިސްކިތަށް ވަޑައިގެން ނަމާދުކުރެއްވެވިއެވެ. ހޭފުޅުނެތިގެން ބިންމައްޗަށް ވެއްޓިވަޑައިގަންނަވަމުން ދިއައިރުވެސް ހޭފުޅު އެރުމާއިއެކު ހަށިކޮޅަށް ފެން އަޅުއްވައިގެންވެސް މިސްކިތަށް ޖަމާއަތަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ.

މިކަންކަމުން އެނގިގެންދަނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށް ނުލެވޭނެ ކަމެވެ. އެއީ އެންމެ ފަހުނޭވާ އާއި ހަމައަށް ވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ!

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން