ތަނަވަސްކަން ނުލިބުމުން ލިބޭ އުފާތައް މާގިނައެވެ! އެންމެ ބޮޑު ތަނަވަސްކަމަކީ ވެސް ތަނަވަސްކަން ނުލިބުމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތަނަވަސްކަން ނުލިބުމުން ލިބޭ އުފާތައް މާގިނައެވެ! އެންމެ ބޮޑު ތަނަވަސްކަމަކީ ވެސް ތަނަވަސްކަން ނުލިބުމެވެ!: މުފްތީ މެންކް

ވަރަށް ގިނައިން މިކަން ފާހަގަކުރަންޖެހެއެވެ. މިބުނަނީ މިކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކަންޖެހޭ ވާހަކައެވެ. އެއީ ހަމަ ސުވާލުތައް ފޮނ8ުވާލެއް ގިނަކަމުންނެވެ. ތިމާ އަބަދު ފަޤީރު ޙާލުގައި ދިރިއުޅެންޖެހޭތީއެވެ. މިވެނި އެވެނި މީހަކު މާ ނުބައިކޮށް އުޅެމުން ގެންދާއިރުވެސް މާތަނަވަހުގައި އުޅޭތީއެވެ. 

ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ އަރާމުގައި ނިދެންޖެހޭނީ ތަނަވަސް މީހުންނަށް ނަމަވެސް ތަނަވަސް މީހުންގެތެރެއިން މަދުމީހަކަށް ނޫނީ ބޭހާނުލައި ނުވަތަ މަސްތެއްވެގެން ނޫނީ ނުނިދޭނެއެވެ. ނަމަވެސް ފަޤީރުން (ބަލި މީހުން ފިޔަވައި) ހަމަ އަރާމުގައި އެއިން އެއްޗަކާއި ނުލައި ނިދައިލާނެއެވެ. 

އެވާގޮތަކީ ތަނަވަސްކަން ދެއްވެވުމުން އިސްރާފް ކުރެވެނީއެވެ. ނުބައި އަމަލުތައް ކުރެވެނީއެވެ. ފާހިޝް ޢަމަލުތައް ކުރުމަށާއި އެނޫންވެސް ޙަރާމް ކަންކަން ކުރެވެނީއެވެ. ނިޢްމަތް ދެއްވެވި ﷲ ތަޢާލާ އާއިމެދު ވިސްނައިވެސް ނުލެވެނީއެވެ. 

ހަމައެއާއިއެކު ތަނަވސްކަން ކުޑަވުމަކީ ގެއިން ބޭރުގައި ޢާއިލާ އާއި ދުރުގައި ވަގުތު ހޭދަކުރަން އުނދަގޫވާކަމެކެވެ. ތަންތަނަށްގޮސް ޚަރަދުކުރާނެ ފައިސާ އަތުގައި ނުހުންނާތީއެވެ. ވީމާ ދެމަފިރިންނަށް ދަރިން އުރާލައިގެން ތިބެން ލިބޭ ވަގުތު އިތުރުވަނީއެވެ. އެކަމުގެ ސަބަބުން ދަރިން ތިބެނީ އުފަލުންނެވެ. 

ގިނަ ފަހަރަށް މިދިމާވާ ގޮތަކީ މީޑިއާތަކުން ކުރާ އިޝްތިހާރު މާރީތިވުމުން އެކަންކަން ބޭނުންވެވެނީއެވެ. ނަމަވެސް ފެންނަ ކޮންމެ އިޝްތިހާރަކުން ދައްކައިދޭ ކޮންމެ ކަމަކީ އެމީހަކަށް ކޮންމެހެން ބޭނުންވާ ކަންކަމެއް ނޫނެވެ. އެކަންކަމާއި ނުލާވެސް ހަމަ އުފަލުގައި ދިރިއުޅެވޭނެއެވެ! 

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. ދަތިޙާލުގައި ދިރިއުޅެން ޖެހުމަކީ ނިޢްމަތެކެވެ. އެހެނީ ފާފަކުރެވުން މަދުވާނެއެވެ! މިއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. ތަނަވަސްކަން ދެއްވަވައިފިނަމަ އެއިގެ ބޭނުންކޮށްގެން ބޮޑެތި ފާފަތައް ނުކުރާ މީހުން މަދުވާނެތީއެވެ. ދެއްވވި ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ ވަރަށް މަދު މީހަކަށެވެ. ވީމާ ހަމައެކަކުވެސް ތަނަވަސްކަން ނުލިބިގެން ކަންބޮޑުނުވާށެވެ! ތަނަވަސްކަން ނުލިބުމަކީ އެންމެ ބޮޑު ތަނަވަސްކަން ކަމުގައި ދެކޭށެވެ! އެއިރުން އަބަދުވެސް ހުންނާނީ އުފަލުންނެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން