ނިކަން ބައްލަވާ ޔަހޫދީންނަށް "ޔަހޫދީންނަށް ލިބުނު ލަނޑު" އެމީހުން މަދީނާއަށް ހިޖުރަކޮށްގެން މިތިބީ އެންމެފަހުގެ ނަބިއްޔާ ވަޑައިގަންނަވާތީވެ، އެންމެފަހުގެ ނަބިއްޔާ ނަބީކަމައިގެން ވަޑައިގަންނަވާތީ އެކަލޭގެފާނަށް އިސްތިޤުބާލުކޮށް އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވާ މީހުންކަމުގެ ޝަރަފު ލިބިގަތުމަށްޓަކައި އެމީހުން ގޮސްތިބީ އެތަނަށް، މަދީނާއަށް.
އެކަމަކު ﷲ ގެ ނަބިއްޔާ އެކަލޭގެފާނު ނަބީ ކަމައިގެން ވަޑައިގަތުމުން އެންމެ ފުރަތަމަ އެކަލޭގެފާނާއި ޙަސަދަވެރިވެ އެކަލޭގެފާނަށް ރުޅިވެރިކަން ފާޅުކުރިބަޔަކީ މީ، ޔަހޫދީން. އެމީހުނަކަށް ނަޞީބެއް ނުލިބުނު މައްކާގެ މުޝްރިކުންނާ ދިމާލަށް އެމީހުން އެއްޗެހިގޮވާ އުޅުނު. ތިމަންނަމެން އެންމެފަހުގެ ނަބިއްޔާ ނަބީ ކަމައިގެން ވަޑައިގަތީމާ އެކަލޭގެފާނަށް އެންމެފުރަތަމަ ތަބާވާ މީހުންގެ ގޮތުގައި ތިމަންނަމެން ވާނޫއެވެ. އަދި އެކަލޭގެފާނަށް ތަބާވެ ތިޔަބައި މީހުންގެ ދުވަސް ދުއްވާލާނަމޭ. މިރަށުންވެސް ނެރޭނަމޭ އެމީހުން މައްކާގެ މުޝްރިކުންނާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައީ.
އެކަމަކު މައްކާގެ މުޝްރިކުންނޭ އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވީ. މިމީހުނެއްނުވި އީމާނެއް.
- ޝައިޚް މުޙައްމަދު އިބްރާހީމް