މަރަށް ޙާޟިރުވާވަގުތު އޭނަޔާއި އޭނަގެ ރަގަޅު ނިމުމާ ދެމެދަށް ﷲ ކޮންމެވެސް ކަމެއް ހުރަސް ނުކުރައްވަވައިފާނެކަމުގެ ޔަޤީން ކަމެއްނެތެވެ. އެހެން ކަމުން اللهً سُبْحَانَهُ وَتَعَالى ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވަނީ "يَا أيُّهَا الَّذِيْنَ آمَنُوا " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! "إسْتَجِيْبُو للهِ وَلِرَّسُولِه " ތިޔަބައިމީހުން އަވަހަށް ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް އިޖާބަދޭށެވެ. އެދެފަރާތުގެ ބަސްޤަބޫލުކުރާށެވެ. އެދެފަރާތުން އެންގެވި ކަންތައް ތިޔަބައިމީހުން އަވަހަށް ކުރާށެވެ. ލަސްނުކުރާށެވެ.
އަދި އެދެފަރާތުން މަނާކުރެއްވި ކަންތައްތައް އަވަހަށް ހުއްޓާލާށެވެ. ލަސްނުކުރާށޭ އެއީ ކީއްވެގެން! އެއީ وَعْلَمُوا أنَّ اللهَ يَحُولُ بَيْنَ المَرْءِ وَقَلْبِه އެއީ ތިބާ ދަންނަންޖެހޭ ޙަޤީޤަތެކޭމީ، ބައެއްފަހަރަށް الله سُبْحَانَهُ وتَعَالَى އެކަލާނގެ އަޅާއާއި، އޭނަގެ ހިތާ ދެމެދުގައި އެބަ ހުރަހެއް މެދުވެރި ކުރައްވާ "އެބަ ހުރަހެއް މެދުވެރި ކުރައްވާ" އޭގެ ނަތީޖާ އަކަށް ވެގެންމިދަނީ އޭނަ ނުބައި ނިމުމަކުން ނިމިގެން ދިއުން. "ނުބައި ނިމުމަކުން ނިމިގެން ދިއުން" އޭނާ އަށް އޭނާއެ ވިސްނި ވިސްނުން ޙާޞިލް ވުމަށް ﷲ ހުރަހެއް މެދުވެރި ކުރެއްވީ އޭނާ ނިންމައިގެންހުރީ ތިމަންނަ ތައުބާވާނަމޭ، ރަގަޅުވާނަމޭ. އެކަމަކު الله سُبْحَانَهُ وَتَعَالَى ތައުފީޤު ދެއްވައިފިއްޔާތާ އޭނައަށް ރަގަޅުވެވޭނީ، އޭނަ ދުވަސް ކަނޑައަޅަނީ ތިމަންނަ މިވެނި ޢުމުރެއްގަ ތިމަންނަ ރަގަޅުވާނަމޭ، އޭނައަށް ﷲ އެވަގުތު ތައުފީޤު ދެއްވައިފިއްޔާތާ އޭނައަށް ރަގަޅުވެވޭނީ. އެހެންވީމާ އެގޮތަށް ލަސްކޮށްގެން ނުވާނެ އެއީ ވަރަށް ބޮޑު މޮޔަކަމެއް ޙަޤީޤަތުގައި.
އަދިވެސް اللهُ وَحِى ކުރައްވަނީ " وَنُقَلِّبُ أفْئِدَتَهًمْ وَأَبْصَارَهُمْ" ތިމަން ﷲ އެމީހުންގެ ހިތްތަކާއި، އެމީހުންގެ ފެނުންތައް އަނބުރާލައްވަމެވެ. " އަނބުރާލައްވަމޭ ތިމަން ﷲ " މާނައަކީ އެގޮތަށް ފަސްކުރާ މީހުން ، އިޞްލާޙް ނުވާންތިބޭ މީހުން، ރަގަޅު ނުވަންތިބޭމީހުން، އެމީހުންގެ ހިތްތައް ތިމަން ﷲ އަނބުރައި ލައްވަމޭ، އެއީ ހިދާޔަތް އަންނަހިނދުގައި ހިދާޔަތަށް ތައުބާނުވާމީހާ. ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވަނީ "وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا" ﷲ ވަޙީކުރައްވަނީ ﷲ ގެ ރަސޫލާއާއި ޚިލާފުވާ މީހާ އެނައަށް ރަގަޅުގޮތް އެގުމަށްފަހުގައި "ރަގަޅުގޮތް އެއޮތީ އެގިފާ." އެކަމަކު އޭނާ ހިތެއްނެތް، އޭނަ ހިތެއް އަދި ނުރުހޭ ރަގަޅުގޮތަށް ތަބަޢަ ވާކަށް.
ރަގަޅުގޮތް އެނގުމަށްފަހުގައި ﷲ ނަބިއްޔާގެ އިރުޝާދާ ޚިލާފުވާމީހާ އަދި މުއުމިނުން އުޅޭގޮތްނޫން އެހެން ގޮތްގޮތް އިޚްތިޔާރު ކޮށްގެން އެގޮތްގޮތަށް އުޅޭމީހާ ދަންނާށޭ ތިމަން ﷲ އޭނަ އެދާދިމާލަކަށް ދިއުމަށްޓަކައި ދޫކޮށްލައްވާހުށީމެވެ. ދެން ނާންނާނެ އޭނަ ރަގަޅު މަގަކަށް. އެއޮތީ ހުރަސްވެފަ މިހާރު ދެންނާންނާނެ ރަގަޅު މަގަކަށް އޭނައެއް. ތިމަން ﷲ އޭނަ ދޫކޮށްލައްވާހުށީމޭ އޭނަ ދާނެދިމާލަކަށް ދިއުމަށްޓަކައި،
ދެން އޭނަގެ ނަތީޖާ އަކީ "وَنُصْلِهِ جَهَنَّمَ" ތިމަން ﷲ ދެން އޭނަ ނަރަކައަށް ވާޞިލު ކުރައްވާހުށީމޭ ޤިޔާމަތް ދުވަހުގައި "وَسَاءَتْ مَصِيرًا" އެނބުރި ދިއުމުގެ ތަނެއްގެ ގޮތުން ކިހާ ނުބައިތަނެއްހޭ އެއީ " ނަރަކައެއީ " އެހެންވީމަ އެއްގޮތަކަށްވެސް އަޅުގަނޑުމެން ލަސްކޮށްގެން ނުވާނެ ހަމަ ވަގުތުން ތައުބާވާންވީ ފާފައެއް ކުރެވޭއިރަށް ރަގަޅު ކަމެއް ކުރިމައްޗަށް އައިއްސިއްޔާ އެކަންކުރަން ލަސްކޮށްގެން ނުވާނެ ވަގުތުން އެކަމެއް ކުރެވޭތޯ މަސައްކަތް ކުރަންވީ އޭރުން ﷲ މިންވަރު ކުރައްވާނެ އަޅުގަޑުމެންނަށް ރަގަޅު ނިމުން.
الله سُبْحَانَهُ وَتَعَالَى وَحِى ކުރައްވަނީ، ތިމަން ﷲ އެމީހުންގެ ހިތްތަކާއި، ފެނުން ތައް ބަދަލު ކުރައްވަމޭ، ފުރޮޅާލައްވަމޭ. އޭގެ ސަބަބަކީ ކޮބައިތޯ؟ އޭގެ ސަބަބުވެސް ﷲ އެހެން އާޔަތެއްގައި ބަޔާން ކުރައްވަނީ " كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ " އެއީ އެމީހުންގެ ގާތަށް އެންމެ ފުރަތަމަ ހިދާޔަތް އައުމާއެކުގައި އެހިދާޔަތަށް ތަބާ ނުވުމުގެ ސަބަބުންނޭ!. ހިދާޔަތް ހަމަ އައުމާއެކުގަ އެހިދާޔަތަށް އެމީހުން ތަބަޢަ ނުވުމުގެ ސަބަބުންނެވެ.
އެހެންވީމާ އެގޮތަކަށް ނުވާނޭ އެގޮތަށް ތިމާމީހާ އަދި ޚިޔާލު ކުރިކަމުގައި ވިޔަސް އެކަމެއް އެގޮތަކަށް ނުވާނޭ. އޭނަ ފަހުން ރަގަޅުވަން އޭނަ ނިޔަތްގަނެގެން އުޅޭނެ ފަހަކުން ރަގަޅެއް ނުވެވޭނެ އޭނައަކަށް ހަމަ ދުވަހެއް ދުވަހަކަށް އޭނަ ނުބައިވާނެ ސަބަބުތައް އޭނަޔަށް މިންވަރުވެގެންދާނެ ދުނިޔޭގައި.
އެއީ ދުނިޔޭގައި އަޅުގަޑުމެން ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ ފަސާދަތައް، ފިތުނަތައް، ކިހިނެއް އަޅުގަޑުމެން އެއެއްޗެހިން ސަލާމަތްވާނީ "ކިހިނެއް ސަލާމަތްވާނީ" އެހެންކަމުން ރަގަޅުވާން ބޭނުންވާމީހާ އޭނަ ރަގަޅުވުން ލަސްކޮށްގެން ނުވާނެ އެކަން ހިތަށް އެރުމާއެކު އޭނަ އަވަސްވެ ގަންނަންވީ ރަގަޅުވާން ތައުބާވާން އޭނަ އަވަސްވެގަންނަންވީ ދެން الله سُبْحَانَهُ وَتَعَالَى وَحِى ކުރައްވަނީ، " وَنَذَرْهُمْ فِيْ طُعْيَانِهِمْ يَعْمَهُون " އެފަދަމީހުން ތިމަން ﷲ ދޫކޮށްލައްވާހުށީމޭ. އެމީހުން އެކުރާ ނުބައިކަންތައްތަކުގެ ތެރެޔަށް ދެފުށުއެޅޭ ބައެއްގެ ގޮތުގައި އެގޮތަށް އެމީހުން ތިމަން ﷲ ދޫކޮށްލައްވާހުށީމޭ އެމީހުން. ދެން ރަގަޅެއް ނުވާނޭ އެމީހުންނެއް ދެން އެމީހުންނަކަށް އެނުބައި ކަންތައް އިޙުސާސް ވެސް ނުކުރެވޭނެ ތިމަންނަމެން މިކުރަނީ ނުބައި ކަންތަކެކޭ.
- ޝައިޚް މުޙައްމަދު އިބްރާހީމްގެ ދަރުސަކުން