ﷲ ތަޢާލާއަށް ބިރުވެތިވާ ހިތަކާއިގެން މިލިޔުން ވިދާޅުވެލައްވާ! އިސްލާމް ކިޔަވައިދޭ 6 ފޮތަކުން މައްސަލަތައް މިއޮތީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ﷲ ތަޢާލާއަށް ބިރުވެތިވާ ހިތަކާއިގެން މިލިޔުން ވިދާޅުވެލައްވާ! އިސްލާމް ކިޔަވައިދޭ 6 ފޮތަކުން މައްސަލަތައް މިއޮތީ ފެންނަން!

ކީރިތި ޤުރްއާން އޮޅުވައިލުމަށްވުރެ ބޮޑު ޖަރީޖާއެއް ނުއޮންނާނެއެވެ. އެޖަރީމާ ހިންގީ އެނގިތިބެކަން މިއަދު ތައުލީމީ ވަޒީރު ދެއްވި ޕްރެސްގައި ވަނީ ޔަޤީންކުރެވިފައެވެ. ޗާޕްކޮށްގެން ގެންނައިރު ކުށް ހުރެދާނެކަން ރަނގަޅަށް އެނގިތިބެމެ، ޗާޕްކޮށްގެން ގެނެސް ފޮތްތައް ޗެކްނުކުރާތީއެވެ. 

ގިނަ ބެލެނިވެރިން ބުނަނީ "އަތްދަށުން ދިއައީ" ބުނުމަކުން ނުފުދޭނެއެވެ. މިބޮޑު ޖަރީމާ ހިންގި މުވައްޒިފުން ވެމްކޯ ، އާރުޑީސީ، ފަދަ ކުންފުންޏަކަށް ބަދަލުކޮށްގެން ނަމަވެސް ކީރިތި ޤުރްއާނާއި ދީނީ ތައުލީމާއި ގުޅުންހުރި ކަންކަމުން ދުރުކުރަން ޖެހެއެވެ." 

"ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިއަސް ފިޔަވަޅުއަޅާނީ ވަކިބައަކަށް! އެމީހާގެ ކަންކަމަށް ފާރަވެރިވާނެ ކޮމިޝަނެއް އުފައްދާނީ. މިހާރު ހުރި ކޮމިޝަންތައް ހިނގާނެ އޮފީސް ޖާގަ ނެތިގެން މިހާރުވެސް އުޅެނީ. މިޖެހުނީ އިސްލާމް މާއްދާގެ ފޮތްތައް ޗާޕްކޮށްގެން ގެނައިމަ އަޅުވައިކިޔާނެ، ޤުރްއާން ނަމަ ޚަތިމާއި އެއްގޮތްތޯ ބަލާނެ ކޮމިޝަނަކާ އެކޮމިޝަނުން ބެލީ ރަނގަޅަށްތޯ ވެސް ބަލާނެ ކޮމިޝަނެއް އުފައްދަން ނޫންތޯ؟ 

ﷲ ތަޢާލާއަށް ބިރުވެތިވާ ހިތަކާއިގެން މިލިޔުން ވިދާޅުވެލައްވާށެވެ! 

ގްރޭޑް 1 ގެ ޤުރުއާން ފޮތުގެ سورة النبأ އާއި سورة النازعات ގެ އާޔަތްތައް ވަނީ އެކުވެފަ"

"ގްރޭޑް 2 ގެ ޤުރުއާން ފޮތުގެ ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު ( كلا ) އުނިވެފަ"

"ގްރޭޑް 6 ގެ ޤުރުއާން ފޮތުގެ ސޫރަތުލް ކައުޘަރުގެ 3 އާޔަތް ލިޔެނިންމާފަ އިތުރު ލަފްޒެއް އިތުރުކޮށްފަ "

"ގްރޭޑް 10 ގެ ޤުރުއާން ފޮތުގެ ސޫރަތުލް މައިދާ ގެ 3 ވަނަ އާޔަތް ވަނީ ނުބައިކޮށް"

"ގްރޭޑް 11 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ޖުމުއާގެ 10 ވަނަ އާޔަތްވަނީ ލަފްޒު އުނިކޮށް އިތުރުކުރެވިފަ."

"ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވަނީ ނުބައިކޮށް"

....

ސުބްޙާނަﷲ! މިއީ މިހެން ލިޔެލިޔަކަސް ކިޔާލަން، ކިޔާލިޔަކަސް އަޑުއަހަން ފަސޭހަ ޖުމްލަތަކެއް ނޫން. މިއީ ބަޔަކު މީހުން އަތުން ކޮށްފަ ހުރި، ގައިން ހީބިހި ނަގައިގެން ދާވަރުގެ ބިރުވެރި، ވިޔާނުދާ ނުބައި އަމަލެއް. 

ބަދަލުކޮށް، އަކުރު އިތުރުކޮށް، ދެބައި އެއްކޮށް ހަދާނީ ތި ގެންގުޅޭ 'ފާރޮށި ޤާނޫނު ފޮތް". އެ ހެޔޮ ކަލޭމެން ކޮށާ މަށާ، ފަނިގިރައިގެން ބުޔަސް.

އެކަމަކު ކީރިތި ޤުރުއާންގެ އާޔަތްތަކާއި ކަލިމަތަކަށް އުނިއިތުރު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. "އެއީ އޮޅުމަކުން" ކަމަށް ބުނުމަކީ އެއްވެސް އޮއްަޓަރެއް ހުރި ބުނުމެއް ނޫން. ޔަޤީނުންވެސް މިއީ ބިރުހުރި އިންޒާރެއް.

ޗެކްކޮށް ޔަޤީން ކޮށްފަ ނޫންތަ ހުރިހާ ކުދިންނަށް ވާވަރަށް ފޮތްތައް ޗާޕްކޮށް ބަހަނީ؟ ޤުރުއާންގެ ސޫރަތްތަކަކީ 'ކޮޕީ ޕޭސްޓް'ކުރާ އެއްޗެއް ކަން އެންމެންނަށްވެސް އިނގޭނެ. ވީއިރު 'މިކްސްޑް އަޕް' ވާން ޖެހޭ ސަބަބެއް އެބަ އޮތް؟ އާޔަތެއް ވަކިން' ކޮޕީ ޕޭސްޓް' ކުރާއިރު އެތާ ނީންނަ އާ ލަފްޒެއް އިތުރުވާން ޖެހޭ ސަބަބެއް އެބަ އޮތް؟

...

ހިތުން ފިލައިގެން ނުދެ. އިއްޔެ ބުނީ ތަޢުލީމީ މަންހަޖުން ހަރުކަށި ފިކުރު ނައްތާލަން ޖެހޭކަމަށް. އިސާހިތަކު އިސްލާމް މާއްދާ އިން ބައިބައި ކަނޑަން ނިންމީ. ދެންފެނުނީ ޕްލެނެޓްތަކަށް ޚާއްސަ ކަލާނގެތައް ލިޔަން ދީފަ އޮއްވާ. ދެން އޮތީ ރޯމަން ކަލާނގެއާއި އަނެއް ކަލާނގެއެއްގެ ފޮޓޯ. ޤައުމިއްޔަތު ލޯތްބޭ ކިޔާ އިންޑިޔާގެ ޤައުމީ ސަލާމާއި ސީރީޒްތަކާއި ފިލްމުތަކުގެ ވާހަކަ ގެނެސްފި. އާޚިރުގައި މިފެނުނީ ޤުރުއާން މާއްދާގައި ޤުރުއާނަށް ގެނެސްފައި ހުރި ބަދަލް. 

نعوذ بالله! ﷲ ގަންދީ ބުނަން!!! ﷲ ތަޢާލާ އެކަލާނގެ ފޮތް ޙިމާޔަތްކުރައްވަވާނެތެވެ. މިފަދަ ނުބައި ޢަމަލުތައް ކުރާ މީހުންނަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވާނެތެވެ. އަދި އެފަދަ ޢަމަލުތައް ފަޟީޙަތްވެސް ކުރައްވަވާނެތެވެ. 

އޮޅިގެން ކަމަށް ނުބުނޭ!ތިޔައީ އޮޅުމެއް ނޫން. ތިޔައީ ދުރާލާ ރާވައިގެން ނުހަނު ރޭވުންތެރިކަމާއެކު ބިންގަރާހު އަޑިން ނިކަން ނުބައި ޚީލަތްތެރި ވިސްނުމެއްގައި ކުޅޭ ނުބައި ކުޅިއެއް!

..

"ދުނިޔެއަށް ކަނު ލޯތްބެއް ޖެހިފައި ތިބި ބަޔެއްގެ އަތްމައްޗަށް ވެރިކަމެއް އަރައިފިއްޔާ އެންމެ ފުރަތަމަ ކޮކަޑި ލާނީ ތަޢުލީމަށެވެ!

ޝައިޚް އުމަރު ޢީސާ (ރަޙިމަހުالله)"

 

ލިޔުމުގެ އަޞްލު: 

މިއަދު އޮންލައިން