ބިރުވެތިވާންވީ މަތީ ފަރާތްތަކާ އޮންނަ ގުޅުމާމެދަކު ނޫން- ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުމާމެދު!: ޝައިޚް އަޙްމަދު ރިމާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ބިރުވެތިވާންވީ މަތީ ފަރާތްތަކާ އޮންނަ ގުޅުމާމެދަކު ނޫން- ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުމާމެދު!: ޝައިޚް އަޙްމަދު ރިމާޒް

މަތީ ފަރާތަކާއި ގާތް ގުޅުމެއް އުފެދިއްޖެނަމަ އެކަމާއި އުފާކޮށް އެގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުއެވެ. އެގުޅުމަށް ބުރޫއަރާފާނެ ކަންކަމާއި ދުރުހެލިވަމުއެވެ. އެގުޅުން ކަނޑުވާލަން މަސައްކަތްކުރާ ފަރާތްތަކާއި ޢަދާވާތްތެރިވަމުއެވެ.

އަޅާ ﷲ ގެ ދަރުބާރަށް ޙާޟިރުވެ ދެއަތް އުފުލައި ހަށަންބަންނަ ވަގުތަކީ ރައްބުލް ކާއިނާތާއި ގުޅިގެންދާ ވަގުތުކޮޅެކެވެ. މިކަން ހިތްމައްޗަށް ގެނެސް، އެގުޅުން ބަދަހިކަމާއިއެކީ ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެއެވެ. އެގުޅުން ކަނޑުވާލަން ވަސްވާސްދޭން އަންނަ ޝައިތާނާގެ ކިބައިން މިންޖުވާންޖެހޭނެއެވެ.

--ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން