ތިބާ ރޯދަހިފުންމަތީގަ މަރުވާން ބޭނުންނަމަ މިއޮތީ އެކަން ޙާޞިލުކުރެވިދާނެ ފަސޭހަ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާ ރޯދަހިފުންމަތީގަ މަރުވާން ބޭނުންނަމަ މިއޮތީ އެކަން ޙާޞިލުކުރެވިދާނެ ފަސޭހަ މަގު-!

ކޮންމެ ދުވަހަކު ރޯދަ ހިފުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ އިންސާނަކަށް ކެރިކުޅަދާނަވެގެން ނުވާނެ ކަމަކަށްވާތީ އެގޮތަށް، ކޮންމެ ދުވަހަކު ރޯދަ ނުހިފުމަށްވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އެހެންކަމާއިއެކުވެސް އަހަރުގެ ކޮންމެ ދުވަހަކު ރޯދަ ހިފި ފަދައިން ސަވާބު ލިބެމުންދާނެ ގޮތްތައް އެބަހުއްޓެވެ. އެއިގެ ތެރޭގައި ޢަރަފާތު ދުވަހާއި އާޝޫރާ ދުވަސް ފަދަ ދުވަސް ދުވަހު ރޯދަ ހިފުން ހިމެނެއެވެ. 

އެއިގެ އިތުރުން މަހަކު 3 ދުވަހު ރޯދަ ހިފާ މީހާ ހުންނާނީ އަބަދުވެސް ރޯދަ ހިފުންމަތީގައެވެ. އެހެނީ މަހެއްގައި ވަނީ 30 ދުވަހެވެ. ކޮންމެ ހެޔޮ ކަމަކީ 10 ހެޔޮ ކަމެވެ. ވީމާ މަހަކު 3 ދުވަހު ރޯދަ ހިފާނަމަ 30 ދުވަހު ޜޯދަ ހިފުމުގެ ސަވާބު ހުންނާނީ އެމީހަކަށް ލިބިލިބިއެވެ. އެހެންކަމުން އެމީހަކަށް އަބަދުވެސް ހުރެވޭނީ ރޯދަހިފުންމަތީގައެވެ. މަހުގެ މެދުތެރެއިން 3 ދުވަހު ހިފާ ރޯދަ ހިފުމަކީ ސުންނަތެކެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެ 3 ދުވަހު ރޯދަ ނުހިފުނު ނަމަވެސް މަހުގެ 3 ދުވަހެއްގައި ރޯދަ ހިފާށެވެ. އަދި ރޯދަ ހިފާ ދުވަސްތަކަކީ ރޯދަހިފުން ސުންނަތްކަން ގަދަވެގެންވާ ހޯމަ ދުވަހާއި ބުރާސްފަތި ދުވަސް ކަމުގައި ހަދަން މަސައްކަތް ކުރާށެވެ!

ކިތަންމެ ބުރަ ނަމަވެސް މަހަކު 3 ދުވަހު ރޯދަ ހިފުން ދޫކޮށްނުލާށެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި ސާބިތުވެ ދެމިތިބުމަށް ވަޞިއްޔަތް ކުރަމެވެ. 

ރޯދަ ހިފުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ރޯދައަކީ ތިމާ އާއި ނަރަކަ އާއި ދެމެދު ލެވޭ ފާރެކެވެ. ނުވަތަ ހުރަހެކެވެ. ނުވަތަ ނަރަކައިން ތިމާ ދިފާޢުކޮށްދޭނޭ އައްޑަނައެކެވެ. ރޯދަވެރިޔާއަށް ދެއްވަވާނެ ސަވާބު އަހަރެން ކުރާ އަމަލުތަކުގެ ފަތް ލިޔުއްވަވާ މަލާއިކަތުންނަށްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެކަން ކަނޑައަޅުއްވަވާނީ ﷲ ތަޢާލާ އެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން