ރައްކާތެރިކަމާއެކު ޒިނޭކުރެވޭނެކަމަށް ބުނާބުނުމަކީ ކަނޑައެޅިގެން ހަދާ ވަރަށް ބޮޑު ދޮގެއް! އެގޮތެއް ނެތް ނުވެސް އޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ރައްކާތެރިކަމާއެކު ޒިނޭކުރެވޭނެކަމަށް ބުނާބުނުމަކީ ކަނޑައެޅިގެން ހަދާ ވަރަށް ބޮޑު ދޮގެއް! އެގޮތެއް ނެތް ނުވެސް އޮންނާނެ!

"އަޅުގަނޑުގެ ބޮސް ވަރަށް ގިނައިން ބުނެއެވެ. ރައްކާތެރިކަމާއެކު ޒިނޭ ކުރެވޭނެއެވެ. ބޮސް ދޭތެރެއަކުން އެހެން އެބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަޅުގަނޑަކީ ބޮސްގެ ބިޓެއްވެސް ނޫނެވެ. އަދި ޒިނޭ ކުރުމާއިބެހޭ އެއްވެސް ވާހަކައެއް ވެސް ދުވަހަކުވެސް ބޮސްގެ ގާތަކު ނުވެސްދައްކަމެވެ. 

ކޮންމެއަކަސް އަޅުގަނޑުގެ ސުވާލަކީ ރައްކާތެރިކަމާއިއެކު ޒިނޭކުރެވޭނެ ގޮތެއް އޮވޭތޯއެވެ؟ އޮންނަނަމަ އެގޮތަކީ ކޮބައިތޯ؟" އެވެ. 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ ޒިނޭކުރެވޭނެ އެއްވެސް ރައްކައުތެރިގޮތެއް ނެތެވެ. ނުވެސް އޮންނާނެއެވެ! އެހެނީ ކިތަންމެ ރައްކާތެރިތަނެއްގައި ކިތަންމެ ސިއްރުން ކުރިނަމަވެސް، ހުރަސްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރިނަމަވެސް އެއްވެސް ރައްކައުތެރިކަމެއް ނެތެވެ.  ﷲ ތަޢާލާ ވަގުތުން ބައްލަވައިވޮޑިގެންވެއެވެ. ދެކޮނޑުގައި ތިއްބަވާ މަލާއިކަތުން ހަމަ ތިބާ އާއިއެކުގައިވެއެވެ. ބަރާބަރަށް ފަތުގައި ލިޔުއްވަވަތެވެ. 

އެހެންކަމަށްވާއިރު ރައްކައުތެރިގޮތުގައި ޒިނޭކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  އެފަދަ އެއްވެސް ގޮތެއް ނެތިގެން ނޫން ހެއްޔެވެ؟ ޝައިޚް ޝަފީޢު ޢަބްދުﷲގެ މި ބަސްފުޅުވެސް ވިދާޅުވާށެވެ! 

ނަހަލާލަށް ބަލިވެ އިންނާތީ، ބަލިވެ ނުއިންނާނެ އޮޕަރޭޝަން ކުރުމާއި، ރައްކާތެރިކަމާއެކު ޖިންސީ ގުޅުން ހިންގާނެ ގޮތް ދަސްކޮށްދިނުމަކީ އަސްލު މައްސަލައިގެ ފަރުވާއެއް ނޫނެވެ. އެކަމަށް ވަކާލާތު ކުރުމުން، ދޭހަވެގެންދަނީ، ޒިނޭ ކުރުމަކީ މައްސަލައެއް ނޫންކަމެވެ. މައްސަލައަކީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އެކަން ކުރުންކަމެވެ. 

ނަމަވެސް، މިފިޔަވަޅުތަކުން، ދުނިޔެ މަތީގައި، ފަހަރެއްގައި ސަލާމަތްވެދާނެއެވެ. އެކަމަކު، ނަރަކައިގެ އަލިފާނުން ސަލާމަތްވާނެތޯއެވެ؟ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރާށެވެ.

ނަމަވެސް މިކަންކަމަށް ވަކާލާތު ކުރާ މީހުން ބުނެފާނެއެވެ. ތިމަންނަމެން ޒިނޭއަށް ހިއްވަރު ނުދެމެވެ. މުޖުތަމަޢުގައި ޒިނޭ ގިނަވެ، ޒިނޭކޮށްގެން ވިހާ މީހުން ގިނަވެ، ޒިނޭގެ ދަރިން ގިނަވެ، އެކުދިންނަށް ނިކަމެތިކަން ދިމާވެ، ބާރުގަދަ މަސްތުވާ އެއްޗެހި ބޭނުން ކުރާތީ، އެކަމަށް އެޅިދާނެ ފިޔަވަޅަކާމެދު ވަކާލާތު ކުރަނީ ކަމަށެވެ. އެކަމަށް އޮތް ފިޔަވަޅަކީ، ނުވިހާ އޮޕަރޭޝަން ކުރުން ނޫންތޯ ސުވާލުވެސް ކޮށްފާނެއެވެ. 

އެއަށް ބުނެލަން އޮތީ، ތިޔަ ވާހަކައިން މުޖުތަމަޢުގައި ވަރަށް މައްސަލަ ހުރިކަން ޔަޤީންވެއްޖެއެވެ. އަދި ތިއަ މައްސަލަތަކުގެ އަސްލަށް ވާސިލުވެ، ތިއަ މައްސަލަތަށް ދިމާވާން ޖެހޭ، އަސްލު މައްސަލަ ނައްތާލަން ޖެހޭކަން ޔަޤީންވެއްޖެއެވެ. ކަމެއްގެ ނަތީޖާ ނައްތައިލުމަކީ ހައްލެއް ނޫނެވެ. ޙައްލު ހޯދަން ބޭނުންނަމަ އެ ނަތީޖާ ނެރުނު ޙާލަތު ނައްތައިލަން ޖެހޭނެއެވެ.

އަސްލު މައްސަލައަކީ ޒިނޭއެވެ. ޒިނޭގެ ނުބައި ވަބާއަށް މުޖުތަމަޢުގެ ބޮޑު ބައެއް ވެއްޓުމެވެ. މީގެއިން އެނގެނީ، އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި، އަޅުގަނޑުމެން ފެއިލްވެފައިވާ މިންވަރެވެ

ނަހަލާލަށް ކުދިން ވިހެމުގެ މައްސަލަ ފެށެނީ ވަރަށް ދުރުންނެވެ. އެއީ އިސްލާމީ ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދަރިންނަށް ދެވިފައި ނެތުމުންނެވެ. ފާހިޝް ކަންކަމަށް ހުޅުވާލެވިފައިވާ ދޮރުތައް ގިނަވުމުންނެވެ. އެފަދަ ދޮރުތަކުން ޒުވާނުން ވަދެ، މާތް ﷲ ޙަރާމްކުރައްވާފައިވާ ފާޙިޝް ހަޑިމުޑުދާރު ޒިނޭގެ ފާފައަށް އަރައިގަތުމަކީ އެއްވެސް މައްސަލައެއްކަމަށް މުޖުތަމަޢުން ނުދެކެއެވެ.

ނަމަވެސް މިއީ ކުޑަކަމެއް ނޫނެވެ. މިއީ މާތް ﷲ ގެ ޙަޟްރަތުގައި ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބެލެނިވެރިންނާއި، ސަރުކާރުގެ ތަޢުލީމާ ބެހޭ ވުޒާރާއިންނެވެ. އަސްލު ފަރުވާއަކީ، ޒިނޭގެ ވަބާއިން ޒުވާނުން ދުރުކުރަން މަސައްކަތްކުރުމެވެ. އަސްލު ފަރުވާއަކީ މާތް ﷲ އަށް ބިރުވެތިވާ ޖީލެއް ބިނާކުރުމެވެ. އަސްލު ރައްކާތ

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން