މުސްލިމެއްގެ ގޮތުގައި ފުރާނަ ގެންދެވުން އެދި ކުރަން އޮތް ދުޢާ !! ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
މުސްލިމެއްގެ ގޮތުގައި ފުރާނަ ގެންދެވުން އެދި ކުރަން އޮތް ދުޢާ !! ޤުރްއާނުން

ﷲ ތައާލާއަށް ފުރިހަމ ގޮތުގައި ކިޔަމަންވެގެން ހުރި މުސްލިމެއްގެ ގޮތުގައި ފުރާނަ ގެންދެވުމަކީ މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ.

މަރުވުމުގެ ވަގުތު ޖެހުމުން އެންމެންވެސް މަރުވާނެއެވެ. މަރުގެ މަލާއިކަތާއަށް މީހާގެ މަރު ހިއްޕަވަން ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އެމީހާގެ މުއްސަނދިކަމަށާއި ބާރާއި ނުފޫޒުހުރި ވަރަކަށް އަދި އެމީހާގެ އުމުރަކަށް ނުބައްލަވާނެތެވެ. ވަގުތުން މަރު ހިއްޕަވާނެތެވެ.

ވީމާ އެންމެ ގިނައިން ދުޢާ ކުރަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ ނޫނީ މަރު ނުހިއްޕެވުން އެދިއެވެ.

رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ

އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! (ޔޫސުފް: 101)

އެކަން ކުރެވޭނީ ގިނަގިނައިން މަރުހަނދުމަކޮށްގެންނެވެ. ގިނަގިނައިން މަރު ހަނދުމަކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ބުއްދިވެރިންނަކީ ގިނަގިނައިން މަރު ހަނދާންކުރާ މީހުންނެވެ. އެންމެ ބޮޑު ބުއްދިވެރިއަކީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ.

ވީމާ ކޮންމެ ދުވަހަކުވެސް ތިމާގެ ފުރާނަ މުސްލިމެއްގެ ގޮތުގައި ގެންދެވުން އެދި ދުޢާކުރަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން