ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް ކިޔެވުމަކީ ނުރައްކާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް ކިޔެވުމަކީ ނުރައްކާ ކަމެއް!

ތިމާ ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް، (ވަކި ސޫރަތެއް ނުވަތަ އާޔަތެއް، ވަކި އާޔަތްތަކެއް ނަމަވެސް ކިޔެވުމަކީ ނުރައްކާތެރި ކަމެކެވެ. އަދި އަމިއްލައަށް ވިސްނިގެން އެފަދަ ކަމެއްކުރުންވެސްމެއެވެ.

ކަމަކަށް އެދިގެން ކުރަންޖެހޭނީ އަދި ކިޔަވަންވާނީ ވެސް ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަންކަމެވެ. އެނޫންގޮތަކަށް އެކަން ކޮށްފިނަމަ އެކަންވާނީ ބިދުޢާއަކަށެވެ. އެއީ އެންމެ ނުރައްކައުތެރިކަން ބޮޑު އެއްކަންތަކެވެ. އެއިރުން ދީނަށް ކަންކަން އިތުރުކުރެވޭނެތީއެވެ.

ކަންކަމަށް އެދިގެން މީހުން ބުނާ އެބާވަތުގެ ކަންކަން ނުކުރާށެވެ. ދުޢާކުރާށެވެ! ދަމުނަމާދުކުރާށެވެ. ސަޖިދަ އެމީހަކު ބޭނުންވަރަކަށް ދިގުކުރެވޭނެއެވެ. ބޭނުން ބަހަކުން ބޭނުން ދުޢާއެއް ކުރެވޭނެއެވެ.

ވީހައި ގިނައިން ޤުރްއާން ކިޔަވަންވީއެވެ. އެއީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަންވެސް ޤުރްއާން ކިޔަވާށެވެ. ނަމަވެސް ވަކި ބޭނުމެއް ޙާޞިލްކުރަން ކިޔަވަންވާނީ ޤުރްއާނާއި ސުންނަތުން ސާތުވާ ސޫރަތްތަކާއި އާޔަތްތަކެވެ.

މިސާލަކަށް މީހަކަށް ކަމެއް ދަތިވެގެން ކަމެއް ކުރަމުން ދަނިކޮށް އެކަން ހިންމަވައިދެއްވަވައިވެސްފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމަކީ އެކަން ޙާޞިލުކުރަން އޮތް ކަމަކަށް ވުމެއް ނޫނެވެ. ކަމަކަށް ބޭނުންވެގެން އެއްވެސް ކަމެއް ނުކޮށް ހުއްޓައިވެސް އެކަން ހިންމަވައިދެއްވަވައިފާނެއެވެ. އެއިގެ މާނައަކީ ތަޤްވާވެރިކަން އިތުރުކުރަން، އަޅުކަންކުރުން ގިނަކުރަން މަސައްކަތްނުކޮށް ދުޢާނުކޮށް ހުރުމުން ކަންކަން ފުއްދަވައިދެއްވަވާނެކަމަށް ޤަބޫލު ނުކުރުމެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުމެއް:

 

https://islamqa.info/en/answers/115841/singling-out-verses-from-some-soorahs-to-recite-them-at-times-of-hardship-and-difficulty

މިއަދު އޮންލައިން