އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެއްވޭ ވަގުތު ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ދިއުމަށް ކުރަންވީ ޢަމަލު ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެއްވޭ ވަގުތު ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ދިއުމަށް ކުރަންވީ ޢަމަލު ޙަދީޘުން-

ސުވަރުގެ އެދޭމީހާ މި ލިޔުމުގައިވާ ޙަދީޘްފުޅަށް ޢަމަލުކުރުން ކިތަންމެހައިވެސް މުހިންމެވެ. ސުވަރުގެ ލިބުންވަނީ އެކަމަށް އެދިގެން މަސައްކަތްކުރާ ބައަކަށެވެ. ކަންނެތްވެ އަތް އުރާލައިގެން ދުނިޔަވީ ކަންކަމުގައި ބިޒީކަންމަތީގައި ތިބެގެން އެކަން ޙާޞިލުވުމަށް އުންމީދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

އުޑުގެ ދޮރުކޮޅުތައް ހުޅުއްވިގެންދާ ވަގުތެއްގައި ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ގޮސް އެ ދޮރުކޮޅުތަކުން ވަދެގެން ދިއުމަށް ނުއެދޭނީ ކާކު ހެއްޔެވެ؟ ތިބާއަކީ އެފަދަ ފުރުޞަތަކަށް އެދޭ މީހަކު ނަމަ މެންދުރު ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސް ހުރެ އެކަމަށް މަސައްކަތް ކުރާށެވެ!

"މެންދުރު ނަމާދުގެ ވަގުތު ނަބިއްޔާ (ﷺ) މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރައްވަވައެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ.

ހަމަކަށަވަރުން މިވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ވަގުތު ކޮޅެކެވެ. އެހެންކަމުން މިވަގުތުކޮޅުގައި ތިމަންކަލޭގެފާނުގެ ކިބައިން ޞާލިޙް އަމަލެއް އުފުއްލެވިގެން ދިއުމަށް ތިމަން ކަލޭގެފާނެ ލޯބި ކުރައްވަމެވެ."

(މަޢްލޫމާތު: އަލްތިރްމިޒީ 478)

ރާއްޖޭގައި ފަހަކަށް އައިސް އަމަލުކުރަމުން އަންނަ ގޮތުން މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރެވޭނީ ބަންގިދީ ނިމޭއިރު ވުޟޫކޮށްގެން އަރައި މިސްކިތުގައި ހުރި މީހަކަށެވެ. ނަމާދު ވަގުތާއި ޤަމަތް ދިނުމާއި ދެމެދު 10 މިނިޓްލާފައި އިންނައިރު ބައެއް އިމާމުންނަށް ބަންގި ގޮވެނީ 4، 5 މިނިޓުންނެވެ. ވީމާ ބަނގި ދުޢާ ކިޔުމަށްފަހު ޤަމާތް ދިނުމާއި ދެމެދުގައި ލިބެނީ 5 ވަރަކަށް މިނިޓް ކަމުގައިވާތީއެވެ.

ޙަދީޘް މާނަކުރެއްވީ: ޝައިޚް އަހްމަދު ރިމާޒް

 

މިއަދު އޮންލައިން