ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި 3 ވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ހަދަންޖެހޭނެ ގޮތަކާއިމެދު ކިޔުންތެރިއަކު ވަނީ ސުވާލުކުރައްވައިފައެވެ.
ޖަވާބު:
ނަމާދުގަ، ހަނދާންނެތިގެން ފުރަތަމަ އަތްހިއްޔާތު ނުކިޔައި ތެދުވެވެން އުޅުނު ނަމަ އަލުން އަނބުރާ އިށީންނާނީއެވެ. ނަމަވެސް ކޮޅަށް ތެދުވެވިއްޖެ ނަމަ (އަލުން ނުއިށީނދެ) ބާކީ ބައާއިގެން ކުރިއަށްދާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.
- ޝައިޚް ޢަލީ ޒައިދު