މި 2 ކަންތައް ނުކުރާށެވެ! ރަސޫލް ޞޢވ, ދުވަހަކުވެސް ކުރައްވަވާފައެއް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މި 2 ކަންތައް ނުކުރާށެވެ! ރަސޫލް ޞޢވ, ދުވަހަކުވެސް ކުރައްވަވާފައެއް ނުވެއެވެ!

ކިރިޔާވެސް ނުރުހޭ ކަމެއް މެދުވެރިވެއްޖެ ނަމަ ހަރުކަށިވެ ހަރުކަށި ބަސްތައް ބުނުމުގެ އިތުރުން ގައިގަ އަތްލާ ހިސާބަށް ކަންކަން ގެންދިއުން މިވަނީ ޢާންމު ކަމަށްވެފައެވެ. އަމިއްލަ ޢާއިލާގެ ތެރޭގައި އެކަން ޢާންމުވުމުން ޢާއިލާތަކުގެ ގުޅުންތައް ދަނީ ކެނޑޭމުންނެވެ. ލޯތްބާއި އިޙްތިރާމްކުރުން ދަނީ ނެތެމުންނެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ރަޙިމުގެ ގުޅުމާއި އަޚްވަންތަ ކަމުގެ ގުޅުން މިދަނީ ކެނޑެމުންނެވެ. އުންމަތް މިދަނީ ބަލިކަށިވެ ނިކަމެތިވަމުންނެވެ. 

ރަސޫލް (ﷺ)ގެ މުޅި ހަޔާތްޕުޅުގައިވެސް ނުކުރައްވަވާ 2 ކަމެއް ކުރުން މިހާރު މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. އެހެންކަމުން އެކަންކަން ފާހަގަކޮށްލާނަމެވެ. 

ރަސޫލް (ﷺ) އެއްވެސް މީހެއްގެ ގާތު އެއްވެސް ކަމެއް ކުރައްވަވާނެ ކަމަށް ވިދާޅުވެ ހުވާ ކުރައްވަވާފައެއް ނުވެއެވެ. އެއްވެސް މީހަކާއިމެދު ހަރުކަށިކޮށް މުޢާމަލާތު ކުރައްވަވާފައެއް ނުވެއެވެ. 

ދައްކާ ކޮންމެ ވާހަކައެއްގައި މިހާރު މިގެންދަނީ ހުވާކުރަމުންނެވެ. ކުރަން ބުނާ ކޮންމެ ކަމަކާއި ގުޅިގެން ގެންދަނީ އެކަމެއް ކުރާނެ ކަމަށް ހުވާކުރަމުންނެވެ. މިކަމުން އެނގިގެންދަނީ މީސްތަކުންގެ މެދުގައި އިތުބާރު ގެއްލިފައިވާ މިންވަރެވެ. 

އެހެން މީހުންނަށް ރަނގަޅު ގޮތް މެދުވެރިނުވުމަށް އެދުމާއި ދެރަގޮތް މެދުވެރިވުން އެދުން ވެސް މިވަނީ ވަރަށް ޢާންމުވެފައެވެ. މިއީވެސް ވަރަށް ހިތާމަހުރި ކަމެކެވެ. ހަސަދަވެރިވުމާއި ބަދަލު ހިފުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މީގެ އިތުރުން ވަރަށް މުހިންމު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމެވެ. 

އިޙްތިރާމްކުރުމަކީ ކުރަން ފަސޭހަކަމެއް ނަމަވެސް އެއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ. އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ ބޮޑުކަމެއްގެ ގޮތުގައެވެ. އެކަމުގެ މުހިންމުކަމުގެ ބޮޑުކަން ޤިޔާމަތް ދުވަހު ފެންނާނެއެވެ. ވީމާ ނެތެމުން މިދާ އިޙްތިރާމް ކުރުމުގެ އާދަ އަށަގަންނަވަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން