ގެދޮރުގެ ރައްކާތެރިކަމަށާ މައިންބަފައިންނާ ދަރިންގެ ޞިއްޙަތަށް އެދި ކުރުސި ކިޔެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގެދޮރުގެ ރައްކާތެރިކަމަށާ މައިންބަފައިންނާ ދަރިންގެ ޞިއްޙަތަށް އެދި ކުރުސި ކިޔެވުން-

آية الكرسى ގެ މާތްކަމުގެ ތެރޭގައި: 

1- އަޅުގަނޑުމެން ދިރިއުޅޭ ގޯތި ގެދޮރުގެ ކަންކަނުގައި މި آية ކިޔެވުމަށް އަންގަވާ ފައިވެއެވެ. 

2- فرض ފަސް ނަމާދަށް ފަހުގައްޔާއި عشاء ނަމާދުގެ ވިތުރީގެ ފަހުގައްޔާއި ނިދަން އޮށޯވެފައި ކިޔެވުމަށް އެންގެވި އެވެ. 

3- ހެނދުނު ވާއިރުގައްޔާއި، ހަވީރުވާއިރުގައި، نفس އަށާއި މުދަލުގެ މައްޗަށް، ދަރީންނާއި މައިންގެ ގާތުގައި، ބޮޑެތި މުޞީބާތްތައް ކުރިމަތިވާ އިރުގައްޔާއި دعاء ކުރާއިރު، އަދި ކާބޯތަކެތީގެ މައްޗަށާއި ކައިބޮއި ހަދާއިރު މި آية ކިޔެވުމަށް އަންގަވާފައި ވެއެވެ. 

4- اَلْامام السُّيُطِى ލިޔުއްވާ ގޮތުގައި މިވަގުތު ވަގުތުގައި މިފަދަ ތަންތާގައި މިއާޔަތް ކިޔެވުމުން ގޮވަތި ގެދޮރުގައި ބަރަކާތް ލައްވައި އެތަންތަން ރައްކާތެރި ކޮށްދެއްވާނެ އެވެ. ކާބޯތަކެތީގައި ބަރަކާތް ލައްވައި ތަނަވަސްކަން އިތުރު ކުރައްވާނެ އެވެ. ގެއާއި ގޭގައި އުޅޭމީހުންނާއި އަވަށްޓެރިން، ރައްކާތެރި ކޮށް ދެއްވާނެތެވެ.

ބޮޑެތި مُصِيْبَات ތަކާއި ކުރިމަތިވާހިނދު މި آية ކިޔަވާ މީހަކަށް އޭގެ ثواب ފަހުން ނަމަވެސް ދެއްވާނެއެވެ. ދަރިންނަށާއި މައިންގެ صِحّة ރަނގަޅު ގޮތުގައި ބަލަހައްޓަވާ ދެއްވާނެ އެވެ. دعاء إجاب ކުރައްވާނެއެވެ. އަޅުގަނޑުމެންގެ صَالِحُ عَمَلُ ތަކުގައި ބަރަކާތް ލައްވާނެ އެވެ. އިން ޝާ ﷲ

 

- އަލްމިންބަރު މަޖައްލާއިން

މިއަދު އޮންލައިން