ހުވަފެނުގަ ފެނުނީ ރަސޫލް ޞޢވ. ކަން ޔަޤީންކޮށްލަން މި ސިފަފުޅުތައް ޗެކްކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހުވަފެނުގަ ފެނުނީ ރަސޫލް ޞޢވ. ކަން ޔަޤީންކޮށްލަން މި ސިފަފުޅުތައް ޗެކްކޮށްލާށެވެ!

މުސްލިމުންނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނެ އެއްކަމަކީ ދުނިޔޭގައި ހުއްޓައި ހުވަފެނުގައި ރަސޫލް ﷺ ފެނުމެވެ. އެއީ ޤިޔާމަތް ދުވަހު ރަސޫލް ﷺ އާއި ބައްދަލުކުރަން ކުރާ އުންމީދު ބޮޑުކަމުންނެވެ. އެންމެ ލޯބިވާ މަޚްލޫޤަކީ އަދި އެންމެ ބޮޑަށް ބައްދަލުކުރަން ބޭނުން މަޚްލޫޤަކީވެސް ރަސޫލް ﷺ ކަމުގައިވާތީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭ މީހުންނަށް ސުވަރުގެ ވަދެވުމުގެ ކުރިންވެސް ރަސޫލް (ﷺ) ފެނުމުގެ ފުރުޞަތު އެބަ ލިބެއެވެ. އެއީ ހުވަފެނުގައެވެ. ބައެއް މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެންމެ ފުރިހަމަގޮތުގައި ތަޤްވާވެރިނުވެވުނު ނަމަވެސް މާތް ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ބައެއް މީހުންނަށްވެސް ރަސޫލް ﷺ ހުވަފެނުގައި ފެނެއެވެ. އަދި އެކަމުން އެމީހުންނަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. 

ޝައިޠާނާއަށް ރަސޫލް (ﷺ) ގެ ސިފަފުޅަކު ނުހުރެވޭނެއެވެ. އެހެންކަމުން ރަސޫލް (ﷺ) ކަމަށް ހެދިގެން ހުވަފެނުގައި ޝައިޠާނާއަކަށް ނުފެނެވޭނެއެވެ. އެކަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ. 

ހުވަފެނުގައި ރަސޫލް (ﷺ) ފެނުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބެވެ. އެހެންކަމުން މި ލިޔުމުގައިވާ ވީޑިއޯގައި ޝައިޚް އެވަނީ ހުވަފެނުގައި ރަސޫލް (ﷺ) ފެނިއްޖެ ނަމަ ދެނެގަންނަން ފަސޭހަކޮށްދިނުމަށްޓަކައި ރަސޫލް (ﷺ) ގެ ވަރަށް ގިނަ ސިފަފުޅުތައް ބަޔާންކޮށްދެއްވައިފައެވެ. ސަމާލުކަންދީގެން އަޑުއަހައިލާށެވެ! 

ވީޑިއޯ އަޑުއައްސަވައިލައްވާ!

މިއަދު އޮންލައިން