މި ސޫރަތުގެ ގިނަ އާޔަތްތަކަކީ މަދަނީ (ކުރީކޮޅު) އަދި މައްކީ (ފަހުކޮޅު)ގެ އާޔަތްތަކެކެވެ. ސްޓައިލުންދޭހަކޮށްދެނީ އެއީ މައްކީ ސޫރަތެއްކަމެވެ.
މައްކާ (ފަހުކޮޅުގައި) ވެގެންދިޔައީ ކިހިނެތްތޯއެވެ. އެއީ މުޝްރިކުން އިންތިހާއަށް ބޯހަރުވެ ހައްދުފަހަނައަޅައި ދިޔަ ދުވަސްކޮޅެކެވެ. އެމީހުން އިސްލާމްދީނަށް ގޮވައިލެވޭ އަޑު އަހާކަށް ބޭނުމެއްނުވެއެވެ. އެމީހުން ބުނަމުންދިޔައީ އެއަޑު އެމީހުން އަހާތާ މިހާރު 10 އަހަރު ވެއްޖެ ކަމާއި އެއަޑުއަހަން ފޫހިވެއްޖެކަމެވެ. ﷲތަޢާލާވެސް ވަހީކުރައްވަމުން ގެންދެވީ އާޔަތްތައް ބަދަލުކުރައްވަމުން ގެންދަވާކަމެވެ. (އަލް އަންޢާމް 6). މެސެޖެއްބަދަލެއްނުވެއެވެ. ބަދަލުވީ ބުނަމުންދިޔަ ގޮތެވެ. ދެން މުޝްރިކުން ބުނަމުންގެންދިޔައީ ތިމަންނާމެން ތިޔަހުރިހައި އެއްޗެއް އަޑުއަހައި ނިމިއްޖެކަމެ، އަދި އެވާހަކަށް ހުއްޓާލުމަށްއެދި އެއަޑުއަހަން އެއްވެސް ޝައުގުވެރިކަމެއް ނެތޭބުނަމުންދިޔައެވެ. އެމީހުން ހަމައެކަނި އެހެންބުނެ ހުއްޓައިލީއެއްނޫނެވެ. ރަސޫލް ﷺ އާއި ދިމާކޮށް ފުރައްސާރަވެސް ކުރަންފެށިއެވެ.
ގުރުޢާން ބާއްވައިލެއްވެވޭ ކޮންމެފަހަރަކުހެން އެމީހުން އެއާޔަތްތަކަށް ފުރައްސާރަކޮށްއުޅުނެވެ. ގުރުޢާނުގެ އަޑުއިވޭނަމަ އަޑުގަދަކޮށްއެއަޑު ނާހާން މަސައްކަތްކުރެއެވެ. މުޢުމިނުންނަށްވާ އިރުޝާދަކީ ގުރުޢާން އިވޭހިނދު އެއަޑުއެހުމަށް މަޑުމައިތިރިކަމާއި ހަމަހިމޭންކަން އިސްކޮށްގެންތިބުމެވެ. ވާހަކަދެއްކުން ހުއްޓާލުމަށްފަހު ޝަޢުގުވެރިކަމާއިއެކު އެގުރުޢާން އަޑުއެހުމެވެ. ދެން މިތާގައި މިސާލެއްހިމަނާލާނަމެވެ. ފުރާވަރުގެ ކުދިން އެމީހުން ފުޓުބޯޅަ ނުވަތަ ބާސްކެޓްބޯޅަނަމަވެސް ކުޅެން އުޅުމުގެތެރޭގައި އެހެންމީހަކު އައިސްއޮޅިގެން އެމީހުންގައިގައި ޖެހުނަސް ވަރަށް ނުބައި ރުޅިއެއް އަންނާނެއެވެ. ގޮތްދޫނުކޮށް އެމީހެއްގެ ގަޔަށްބޮލަށްއަރަން އެމީހުންބޭނުންވާނެއެވެ. އަދި އެމީހަކަށް މައްލަވަކޮށް އަމިއްލައަށް ނަފްސު ކޮންޓްރޯލުން ނެއްޓެމުންދެއެވެ. އަދި ތަޅާފޮޅައިގަންނަންދެއެވެ.
މިހާލަތުގައި އޭނާ މައިތިރިކުރުމަށް އެހެން މީހަކު އުޅުނަސް އެކަންނުވާގޮތްވެއެވެ. އަދި އެމީހަކު ދައްކާވާހަކަވެސް ރުޅިއިސްކުރެވިފައި ހުންނަވަރުން ފަހުމްވާގޮތެއްނުވެއެވެ. ވުމާއެކު މިހާލަތުގައި އޭނާދިޔަނުދީ ހިފަހައްޓާމީހަކު އޭނާގާތު މައިތިރިވާންބުނާބުނުން،އަދި ބުނަންޖެހޭގޮތް ތަފާތުވެގެންދޭނޫންތޯއެވެ. އޭނާކައިރި އެފަދައިން އެއްފަހަރު ބުނެގެން އަޑުނުވެސްނުއިވި ދާނެއެވެ. އެތަކެއްފަހަރަކު ތަކުރާރުކޮށްބުނެގެން އަޑުއިވި ހުއްޓިދާނެއެވެ. އެހެންއެވާ ސަބަބަކީ ރުޅި އިސްކުރެވޭވަގުތުތަކުގައި އިންސާނާ ބޯހަރުވުމަކީ ތަބަޢީކަމެއްކަމުގައިވާކަމަށްޓަކައިއެވެ. މިފަދަ ވަގުތަކު އިންސާނާއަށް ކަމެއްވިސްނައިދިނުމައްޓަކައި އެތަކެއްފަހަރަކު ތަކުރާރުކޮށްއެކައްޗެއް ބުނަންޖެހެއެވެ. މައްކާގެ މުޝްރިކުންވެސް ތިބީ ހަމަމިފަދައިން ބޯހަރުވެފައިއެވެ. ދެން ﷲ އެބައިމީހުނަށް ތަކުރާރުކޮށް އެވަޙީކުރައްވަނީ فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ އެފަދައިން ތަކުރާރުކުރުމުން އޭގެތެރެއިންކޮންމެވެސް އެއްފަހަރަކު އެމީހުނަށް ވިސްނޭނެކަމަށްށެވެ. މި ސޫރަތުގެ ސްޓައިލްއަކީ އެއީއެވެ. އަދި އެކަންއެހެންވަފައި އެއޮތީވެސް މިސަބަބައްޓަކައިއެވެ. މިހާރުމިސޫރަތާއިމެދު ތިޔަބޭފުޅުންގެ ވިސްނުންކުރިއަށްޖެހިއްޖެނޫންތޯއެވެ.
އަދި ނުނިމޭ
- ނޯމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ