މިވާހަކަ ދެއްކީމާ ގިނަ ބައަކަށް މިވާހަކަ ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މިއީ ކަމުގެ ޙަޤީޤަތެވެ. އަހަރެންގެ ގާތަށް ރުޤްޔާކުރަން ގިނަ ބައަކު އައުދެއެވެ. އެއިގެ ތެރޭގައި އެންމެ ގިނައީ ހިނައި ޠޯހިރުވުމަށް ސަމާލުކަން ނުދޭ މީހުންނެވެ. ޚާއްޞަކޮށް އަންހެނުންނެވެ.
މިކަން މިހައި ބޮޑަށް ޢާންމުވެފައިމިވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެސަބަބަކީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާކަމެވެ. އޮފީސްތަކުގައާއި ހޮޓާތަކުގައި ޖިންސީ ގުޅުން ހިންގަނީއެވެ. އެކަންކުރުމަށްފަހު ނުކުމެގެން ގެއަށްދަނީ ހިނައި ޠޯހިރުނުވެއެވެ. ނަތީޖާއަކަށްވަނީ އެޙާލަތުގައި ޝައިޠޯނުންނަށް އެމީހުންގެ މައްޗަށް ބާރުހިންގަން ފަސޭހަވެގެންދާކަމެވެ.
މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ. ޖުނުބުވެރި ޙާލުގައި ބޭރުގައި އުޅުމަކީ ޝައިޠޯނުންނަށް އެއްޗެތި ބޭނުންވާ މަޤްޞަދުތައް ޙާޞިލުކުރަން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާ ކަމެކެވެ. މާނައަކީ އަވަލާށާއި ހަށިގަނޑުގެ ތެރެއަށް ވަދެގަންނަން ފަސޭހަވުމެވެ.
ވީމާ ބުނެލަން ބޭނުންވަނީ މިނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ. ޖުނުބުވެރިޙާލުގައި ނުތިބޭށެވެ. ޖުނުބުވެރި ޙާލުގައި ގެއިން ބޭރުގައި ނުއުޅޭށެވެ. އެންމެ ކުޑަމިނުން ދިރިއުޅޭ ގޭގެ ގޯތިތެރޭގައިވެސް ނުއުޅޭށެވެ. ވީހާ އަވަހަކަށް ހިނައި ޠޯހިރުވާށެވެ! ޚާއްޞަކޮށް އަންހެނުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން