މަސްތުވާތަކެތި އެތެރެކޮށް އެއިގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދޭންޖެހޭކަން މިއަދުގެ ހުކުރު ޚުޠުބާގައި އިމާމް ފާހަގަކުރައްވައިފިއެވެ.
އިމާމް ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އެއިގެ ވިޔަފާރިކުރާ މީހުންނަށް މުސްލިމް ނޫން ޤައުމުތަކުގައިވެސް މަރުގެ އަދަބުދެމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައިވެސް ދެވޭ އަދަބުތައް މިހާރަށްވުރެ ހަރުކަށިކުރަންޖެހޭ ކަމަށެވެ.
"މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހަކު ނެތް ޢާއިލާއެއް ރާއްޖޭގައި މިހާރު ނެތް" ކަމާއި ރަނގަޅު މަޤާމްތަކުގައި ތިބި މީހުންވެސް މަސްތުވާތަކެތީގެ ޝިކާރައަކަށްވަމުން އަންނަކަންވެސް ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ޢާންމުކޮށްފައިވާ ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރަން އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން މިއަދުގެ ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ. ޚުޠުބާގައި މިމޭރުމުން ފާހަގަކޮށްފައިވާއިރު ޑްރަގް ޢާންމުކުރަން އެންމެ ބޮޑަސް ހިތްވަރުދެނީ ރައްޔިތުންގެ މަޖިލީހުންކަން ފާހަގަކުރަން ޖެހެއެވެ.
އިސްލާމް ދީނުގައި ކަނޑައެޅިގެން ބޭނުންކުރުން ޙަރާމް އެއްޗެއް ބޭނުންކުރުމުން އެއީ ކުށެއް ނޫންކަމަށް ޤާނޫނުގައި ކަނޑައެޅުމާއި މަސްތުވާތަކެތީގެ ވިޔްފާރިކުރާ މީހުން ހިފާހައްޔަރުކުރަން ފުލުހުން ކުރާ މަސައްކަތްތަކަށް މަޖިލިހުން ފާޑުކިޔައި ބިރުދައްކާކަން އެއީ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުންކަންވެސް ފާހަގަކުރެވެއެވެ.