ފަރުޟު 5 ނަމާދުނުކޮށް އެމީހަކު ބޭނުންވަރަށް ކުރުމަކީ ބިރުހުރިކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފަރުޟު 5 ނަމާދުނުކޮށް އެމީހަކު ބޭނުންވަރަށް ކުރުމަކީ ބިރުހުރިކަމެއް!: މުފްތީ މެންކް

ބާލިޣްވުމަށްފަހު ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދުކުރަން ޖެހެއެވެ. ނަމާދު ޤާއިމުކުރުމަކީ 5 ނަމާދު ހަމައަށް ކުރުމެވެ. ވީމާ އެއަދަދަށްވުރެ މަދުކުރާނަމަ އެމީހަކީ ނަމާދު ޤާއިމުކުރާ މީހަކަށް ނުވާނެއެވެ.

ދުވާލަކު އެއްވެސް އަދަދަކަށް ނަމާދުކުރެވޭނަމަ އެކަމުން އެނގެނީ ނިޔަތް ރަނގަޅުކަމެވެ. މައްސަލައަކީ ތަޤްވާވެރިކަން ކުޑަވުމެވެ. ﷲ ތަޢާލާ އަށް ބިރުވެތިކަން ކުޑަވުމެވެ. ވީމާ އެންމެންވެސް އިތުރު ހިތްވަރެއް ލައި ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދު އަދާކުރާށެވެ!

ބައެއް މީހުން ގާތު ނަމާދުކުރަމުތޯ ސުވާލުކޮށްލުމުން ވަރަށް ފަސޭހައިން އާނއެކެވެ ބުނެއެވެ. ދުވާލަކު ކިތައް ނަމާދު ކުރަމުތޯ ސުވާލުކޮށްލުމުން ބުނަނީ 2،3،4 މިފަދަ އަދަދުތަކުން ނަމާދުކުރާ ކަމަށެވެ.

ހަމަ ޔަޤީނުންވެސް މިއީ އިސްލާމް ދީނުގައި ނަމާދުކުރަން އޮތް ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި އޮތީ ކޮންމެ ދުވަހަކުވެސް ފަޜުޟު 5 ނަމާދުކުރުމަށެވެ. އެއަށްވުރެ އެންމެ ނަމާދެއް މަދުކުރުމުގެ ވެސް ހުއްދައެއް ﷲ ތަޢާލާ އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ.

އެހެންކަމުން އެފަދަ މީހުންނާއި ކުރަންޖެހޭ ސުވާލަކީ ތިއަބައި މީހުން ތިއަ އުޅެނީ އިސްލާމް ދީނުގެ އިތުރު ގޮތްޕެއް ހުޅުވައިގެން ހެއްޔެވެ؟ ހަމަކަށަވަރުން އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ﷲ ތަޢާލާ އެއްވެސް މިންވަރަކަށް ޤަބޫލުފުޅު ކުރައްވަވާނެ ކަމެއްވެސް ނުމެ ނޫންމެއެވެ.

މީސްތަކުންނޭވެ! މިކަމަށް ހޭލުންތެރިވާށެވެ! ދެދުނިޔޭގެ ސަލާމަތްކަން ލިބެން އޮތީ ފަރުޟު 5 ނަމާދުކޮށްގެންނެވެ.

ބުނަން ހެއްޔެވެ! ނަމާދެއް ވެއްޓިއްޖެ ނަމަ ނުވަތަ ދޫކޮށްލެވިއްޖެ ނަމަ ފުރަތަމަ ކޮޅު ޤަޟާވެސް ކުރެވޭނެއެވެ. ނަމަވެސް އެކަން ޢާންމުކަމަކަށް ވުމުން އޮންނާނީ ޤަޟާ ވެސް ނުކުރެވިފައެވެ. އެގޮތަށް އެކަން ހިނގާތާ ދުވަސްތައް ގިނަވާން ފެށުމުން ﷲ ތަޢާލާ އެމީހަކު ދޫކޮށްލަވާނެތެވެ! އެހިސާބުން ދެން އެމީހަކަށް މެދުވެރިވާނެ ކަންކަމަށް ބިރުވެތިވާށެވެ!

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން