އިސްލާމް ދީން ނިކަމެތިކުރަން ރާއްޖޭގައި ތަފާތު ކަންކަން ކުރެވެމުން އަންނަ އިރު އެއިން އެއްވެސް ފަރާތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. ކޮންމެ ކަމެއް ކުރިނަމަވެސް އެއްވެސް އަދަބެއް ދެވޭތަނެއް ނުފެނެއެވެ. މިއީ ހިތާމަހުރި ކަމެކެވެ.
މިކަމުގެ ސަބަބުން އިސްލާމީވަންތަކަން މިދަނީ ރާއްޖެއިން ގެއްލެމުންނެވެ. މިކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރު އަދާނުކުރައްވާކަން އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޔަޤީންކުރައްވާށެވެ! އިސްލާމް ދީން ނިކމަެތިކުރަން މަސައްކަތްކުރާ ފަރާތްތަކާއިމެދު ﷲ ތަޢާލާ ޣާފިލުވެވޮޑިގެން ނުވާ ފަދައިން އެފަދަ ކަންކަން ކުރުމުން ޤާނޫނީ ފިޔަވަޅު އަޅައި އިސްލާމް ދީން ޙިމާޔަތް ނުކުރާ ފަރާތްތަކާއިމެދުވެސް ﷲ ތަޢާލާ ޣާފިލުވެވޮޑިގެނެއްނުވެއެވެ.
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވެއެވެ.
"އަޚުންނާއި އުޚުތުންނޭވެ! ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ގިނަގިނައިން ސަލަވާތް ކިޔަވާށެވެ! އެކަލޭގެފާނަށް ފުރައްސާރަ ކުރި ލާދީނީ ފަރާތްތަކާއި އެފަރާތްތަކުގެ ހިމާޔަތުގައި ތިބި ފަރާތް ތަކުގެ ޢަމަލުތަކާ މެދު މާތް ﷲ ޣާފިލުވެ ވޮޑިގެންނުވެއެވެ." -ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
އަޚުންނާއި އުޚުތުންނޭވެ! ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ގިނަގިނައިން ސަލަވާތް ކިޔަވާށެވެ! އެކަލޭގެފާނަށް ފުރައްސާރަ ކުރި ލާދީނީ ފަރާތް ތަކާއި އެފަރާތްތަކުގެ ހިމާޔަތުގައި ތިބި ފަރާތް ތަކުގެ ޢަމަލުތަކާ މެދު މާތް ﷲ ޣާފިލުވެ ވޮޑިގެންނުވެއެވެ. pic.twitter.com/h6QAbdQzrI
— Ali Zahir bin Saeed (@alizahirsaeed) October 6, 2019