އަޅުގަނޑަކީ ގުރުއާންގެ ސޫރަތްތަކުގެ ތަރުތީބުވެސް އުނގެނެމުންއަންނަ މީހަކީމު، އަދި ﷲތަޢާލާ ކީރިތި ގުރުޢާންގައި ފިލާވަޅުތައް އަތުރުއްވަވައިފައިވާގޮތްވެސް އުނގެނެމު، އެއިލްމް ދަސްކުރަމުން އައިއިރު ފާހަގަވާކަމެއްދެން ހިއްސާކޮށްލާނަމެވެ. ރަހްމާންސޫރަތާއިމެދު އިތުރަށްދެން ވާހަކަދެއްކުމުގެ ކުރިން އޭގެ ފަހަތައްއޮތް އަލް ވާގިއަތު ސޫރަތުން ވާހަކަކޮޅެއް ހިއްސާކޮށްލާނަމެވެ. ސޫރަތުލް ވާގިއާގައި މައިގަނޑު ފަސްސުރުޙީއަކަށް ވާހަކަދެކެވިފައިވެއެވެ. އެފަސްސުރުޙީއަކީ އަދި އެއައިސްފައިވާ ތަރުތީބަކީ:
1. ޖަންނަތުގައި އެންމެ މަތީ ގިންތި ނުވަތަ ދަރަޖައިގައިވާމީހުންގެ ވާހަކަ.
2. ކަނާއަތަށް އެބައެއްގެފަތްކޮޅު ހަވާލުކުރެވޭމީހުންގެ ވާހަކަ.
3. ވާއަތަށް ފަތްކޮޅު ހަވާލުކުރެވޭމީހުންގެ ވާހަކަ.
4. ﷲތަޢާލާގެ ކުޅަދުންވަންތަކަމުން ހަމައެކަނި އެކަލާނގެއަށް ކުރެވޭކަންކަމުގެ ވާހަކަ.
5. ގުރުޢާންގެ މަތިވެރިކަމާއި އޭގެ ބާރުގެ ވާހަކަ.
މިތަނުގައި ހަނދާންބަހައްޓަންވީ ކަނާތްފަރާތުން ފަތްލިބޭ މީހުންވެސް ހިމެނެނީ ހަމަ ސުވަރުގެ ވަންތަވެރިންގެ ގޮތުގައިކަމެވެ. އަދި ޖަންނަތުގެ އެންމެ މަތީ ގިންތީގައިވެސްވަނީ ހަމަސުވަރުގެ ވަންތަވެރިންކަމަކު، އެދެބައިމީހުންގެ މިންތި ހަމަހަމަ ނޫންކަމެވެ. ފުރަތަމަ އެދެކެވެނީ އެންމެ މަތީދަރަޖައިގެ ވާހަކައެވެ. ދެން އެއާއިޖެހިގެން ސުވަރުގެ ހާސިލުކުރާމީހުންގެ ވާހަކައެވެ. މިސާލަކަށް މަތިންދާބޯޓެއްގައި ފަތުރުވެރިން މިންތިކުރާ ފަސްޓްކުލާސް އަދި އިކޮނޮމީކުލާސްފަދައިންނެވެ. ދެ މިންތިއެއްކަމަކު ހަމަ ސުވަރުގެވަންތަވެރިންނެވެ. ވާއަތަށް ފަތްހަވާލުރެވޭމީހުނަކީ ސުވަރުގެވަންތަވެރިންނެއްނޫނެވެ. ހަމައެކަނި ﷲތައާލާއަށް ކުރެއްވޭކަންކަމާއިމެދު އިންސާނުން ވިސްނުމަށްޓަކައި ވަޙީކުރައްވަނީ ތިބާއަށް އޮށް އުފެއްދެވޭނެތޯއެވެ. އެއޮށުންގަސްފެޅުއްވުމުގެ ކުޅަދާނަކަން ތިބާގައިވޭތޯއައްސަވައެވެ. އުޑުންވާރޭވެއްސެވޭނެތޯ އައްސަވައެވެ. މިފަދައިން އަހަރުމެންނަށްފެންނަ އަހަރުމެންތެރޭގައި ހިނގަމުންއަންނަ އަހަރުމެނަށް ކުރުމުގެ ކުޅަދާނަކަމެއްލިބިފައިނުވާ އެކަލާނގެ ކުރުމަށްކުޅަދުންވަންތަ ކަންކަމުގެ ވާހަކަ ކިޔައިދެއްވަވައެވެ. އިންސާނުންގެ ނިކަމެތިކަން އިންސާނާގެހިތައްގެނެވޭނެނޫންތޯއެވެ. ގުރުއާނުގެ ބާރު ﷲ ކިޔައިދެއްވައިފައިވަނީ އިންތިހާއަށްފުރިހަމަކޮށްށެވެ.
- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ