ތިބާއަށް އުފާވެރިކަމެއް ލިބުނުކަމުގެ ޚަބަރު ދިނުމުން "މާޝާ ﷲ" ނުކިޔައިފިނަމަ ކިޔަން ބުނެގެންވެސް ކިޔުއްވަން ޖެހޭކަމާ އެކަމުގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާއަށް އުފާވެރިކަމެއް ލިބުނުކަމުގެ ޚަބަރު ދިނުމުން "މާޝާ ﷲ" ނުކިޔައިފިނަމަ ކިޔަން ބުނެގެންވެސް ކިޔުއްވަން ޖެހޭކަމާ އެކަމުގެ ފައިދާ-

ގާތް ތިމާގެ މީހަކަށް ނަމަވެސް، އެކުވެރިއަކަށް ނަމަވެސް އަދި ކޮންމެ މީހަކަށް ނަމަވެސް ތިބާއަށް ލިބުނު އުފާވެރިކަމެއް ނުވަތަ ކާމިޔާބީއެއްގެ ޚަބަރު ދިނުމުން އެމީހަކު އެންމެ ކުޑަމިނުން مَا شَاءَ اللهُ  ނުކިޔައިފިނަމަ އެއްގޮތަކީ އޭނާ އެހެން ކިޔަން ހަނދުމަ ނެތުމެވެ. ދެވަނަ ގޮތަކީ ޤަޞްދުގައި ނުކިޔުމެވެ. ޤަޞްދުގައި ނުކިޔާ މީހުންވެސް އެކަމަށް އިޢްތިރަފެއް ނުވާނެއެވެ. 

ވީމާ އެޙާލަތުގައި ހަމަ ކުރިމަތީގައި " مَا شَاءَ اللهُ " ކިޔަން އޭނާގާތު ބުނާށެވެ. ބުނެގެންވެސް ކިޔުއްވާށެވެ. 

އޭނާ ލައްވައި ކިޔުމުން އޭނާއަށްވެސް އެކަމުން ކުރާނީ ފައިދާއެވެ. އެއީ ހަނދުމަނެތިހުރިނަމަ ހަނދާންކޮށްދިނުމުން ކިޔުމުގެ ފައިދާއެވެ. ދެން އޮތީ ޙަސަދަވެރިވެ ޤަޞްދުގައި ނުކިޔަން ހުންނަ މީހާގެ ކަންތަކެވެ. ބުނެގެން ނަމަވެސް ކިޔުއްވުމުން އޮންނާނީ އޭނާލައްވައި ކިޔުއްވިފައެވެ. އެއިރުން އޭނާގެ ކިބައިން އެސްފީނާގެ މައްސަލަ ކުރިމަތިވުން ކުޑަވާނެއެވެ. އެސްފީނާގެ ބާރު ކެނޑޭނެއެވެ. 

އިންސާނަކު އޭނާގެ މުދަލުންނާއި ދަރިންގެ ކިބައިން އޭނާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ކިޔުން މަޝްރޫޢު ވެގެންވަނީ ( مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ ) އެވެ. ވީމާ އެފަދަ ޚަބަރެއް ލިބުމުންވެސް އޮތީ މިފަދައިން ކިޔައި ހެޔޮ ދުޢާކުރުމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން