ދެފަހަރު ދެގޮތަށް ވާހަކަ ދެއްކެނީ ކީއްވެ؟ ޖަވާބު މިއީ ޤުރްއާނުން ފެންނަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެފަހަރު ދެގޮތަށް ވާހަކަ ދެއްކެނީ ކީއްވެ؟ ޖަވާބު މިއީ ޤުރްއާނުން ފެންނަން-

ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއްކަމެއްގައި އެކިފަހަރު އެކިގޮތަށް ވާހަކަދެއްކޭ ކަމެވެ. އެއްކަމެއްގައި ދެކެވޭ ވާހަކަތަކުގައި ތަފާތު ގޮތްގޮތަށް ކަންކަން ބަޔާންކުރެވޭކަމެވެ. އެގޮތަށް އެކަންތައް މެދުވެރިވަނީ އިޚްލާޞްތެރިކަމެއް ނެތުމުންނެވެ. ދޮގުހެދޭތީއެވެ.

ބައެއް މީހުންނަކީ އެއްކަމެއްގައި ނަމަވެސް ދެފަހަރު އެއްގޮތަށް ވާހަކަ ދެއްކޭ ބައެއް ނޫނެވެ. ދެފަހަރު ދެގޮތަށް ވާހަކަ ދެއްކޭ ސަބަބު ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ. ބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތް ބައްލަޥާށެވެ!

"އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާން ވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފްރުވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ." (ބަޤަރާ: 14)

ދޮގު ބުނުމާއި ދެފަހަރު ދެގޮތަށް ވާހަކަދެއްކުމަކީ މުނާފިޤުންގެ ސިފައެއް ކަމުގައިވުމުން އެއީ ވަރަށް ބޮޑަށް ބިރުވެތިވެ އެކަމަކުން ސަލާމަތްވާން ޖެހޭނެ ކަމެކެވެ. އެއިރު އެހެން ބުނެވުނީކަމަށް ބުނެ އޮޅުވާލުމަކުން ނުފުދޭނެއެވެ. ޖަވާބުދާރީވާންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން