ފޭރާންލީ ނަމަވެސް އަޢުރަ ނިވާނުކޮށް އުޅުމާއި ނޯކަރު އަންހެނުން ޞާޙިބުންނަށް ވިހެއުމަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ޙަދީޘްފުޅުގައި އޮތީ އަޅު އަނހެނުންގެ ވާހަކައެވެ. އެއީ އެއިރު އަޅުން ގެންގުޅޭތީއެވެ. މިއަދަކު އަޅުންނެއް ނުތިބޭނެއެވެ. މިއަދު އޮފީސް ގުޅުމުގެ ތެރެއިން ހިނގަމުން މިދަނީ ހަމަ އެކަމެވެ.
ވަޒީފާ އަދާކުރާ ޒުވާން އަންހެން ކުދިންނާއި ގޭގައި ގެންގުޅޭ ނޯކަރު އަންހެންކުދިން އެކުދިންގެ ޞާޙިބުންނާއި ޒިނޭކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަންކުރާ ޢަދަދު އެނގޭނީ ބަލިވެ އިނުމުން ދަރިވައްޓާ ނުލާނަމަ އެވެ. (1)
(1) (ރާއްޖޭގެ އެންމެ ބޮޑު ފާމަސީގެ މާކެޓިންގ މެނޭޖަރު މިއަދުނޫހަށް މަޢްލޫމާތުދެމުން ބުނެފައިވެއެވެ. "ދަރިވައްޓާ ބޭސްގުޅައެއްގެ އަގަކީ އިންޑިއާގެ 400 ރުޕީސްއެވެ. (ގާތްގަނޑަކަށް 90 ރުފިޔާ) ނަމަވެސް 2000 ރުފިޔާއަށް ގުޅައެއް ގަންނަން ނުލިބިގެން މީހުންތައް ދުވަނީއެވެ.)
ޞާޙިބުންނާ ޒިނޭކުރުމުން ފައިސާކޮޅެއް ލިބިދާނެއެވެ. މަޤާމުގެ ކުރިއެރުންވެސް ލިބިދާނެއެވެ. ނަމަވެސް އެންމެ ބިރުހުރި އެއްކަމަކީ އެގޮތުން ހޯދާ މަޤާމުގެ ކުރިއެރުމެއްގެތެރެއިން މުސާރައަށް އިތުރުވާބައި އެއީ މަސައްކަތްކުރިނަމަވެސް، ވަޒީފާގެ މުސާރައިން ލިބުނު ނަމަވެސް ހަމަ އަލިފާނެވެ. އެފަދަ ކަމަކުން ހޯދާ ފޭރާމަކީ އަލިފާނުގެ ފޭރާމެވެ. ހޯދާ ސެންޓް ޖެހުމުން މީރުވަސްދުވިނަމަވެސް އެއިގެ ޙަޤީޤީ ވަހަކީ ނަކައިން ދުވާނެ ނުބައިވަހެވެ.
ލިބޭ މުސާރަ ކިތަންމެ ކުޑަވިނަމަވެސް ދެރަނުވާށެވެ! ޙަލާލް ގޮތުގައި ހޯދާއެއްޗަކުން ނޫނީ ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިބޮއިހެދުމުން ޖަހާމަސް ދިއުން އަޢުލާކަންބޮޑީ ނަރަކައަށް ކަމަށް އޮތް ޙަދީޘް ބަސްފުޅަށް ބިރުވެތިވާށެވެ.
ލިބުނު ސެންޓަކީ އެންމެ މޮޅު، އެންމެ މީރުވަސްދުވާ ސެންޓް ނޫންކަމަށްވެގެން ދެރަނުވާށެވެ! ޙަލާލް ތަކެތި ބޭނުންކުރުމުން ގައިން ދުވާވަހުން ނޫނީ އުފާވެރިކަމެއް ނެތެވެ. އަދި އަނހެނުންނަށް އޮތީ ހިލޭ ފިރިހެނުންނަށް މީރުވަސް ނުދުއްވުމެވެ. ޤިޔާމަތް ދުވަހަށް ބިރުވެތިވެގެން ނޫނީ ސުވަރުގެ ލިބުމެއް ނެތެވެ.
ތިމާ ކިތަންމެ ވަރަކަށް ބޭނުންވިނަމަވެސް، އެހެން ބައަކު ކިތަންމެ ގިނައިން ކުރިނަމަވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ތަބަޢަވެގެން ނޫވީ އެއްވެސް ހެޔޮކަމެއް ނެތެވެ.
There is a hadith that explains this issue. The hadith is from Abu Musa al-Asy’ari RA where the Prophet PBUH said:
أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ
“Any woman who puts on perfume then passes by people so that they can smell her fragrance then she is an adulteress.”
Sunan Abu Daud (4173) and Sunan al-Nasa’ie (5126)
މި ޙަދީޘްފުޅުން އެނގިގެންދަނީ ހިލޭ ފިރިހެނުންގެ ސިކުނޑިއަށް އަސަރުކުރާފަދަ ސެންޓްލައިގެން ހިލޭ ފިރިހެނުންގެ ތެރޭގައި އުޅުމަކީ ޒިނޭކުރުން ފަދަ ނުބައިކަންބޮޑު ފާފައެއް ކަމެވެ. ވީމާ އޮފީސްތަކަށް، ބާޒާރުތަކަށް، ޢާންމު ތަންތަނަށް ދާން ހުވަނދުލުމުގައި ބިރުވެތިވުން ހުއްޓެވެ. ކޮންމެ ޙަދީޘްފުޅަކީވެސް ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ޙުކުމްފުޅުތަކެވެ. އޮތީ ޤަބޫލުކޮށް ޢަމަލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން