ދިރިއުޅުމަށް ހުރަސް އަޅާ މީހުން ހޯދަން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް- އަޅުކަން ކުރުން ގިނަކުރީމާ ﷲ އެމީހުން ނިކަމެތިކުރައްވަވާނެ! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދިރިއުޅުމަށް ހުރަސް އަޅާ މީހުން ހޯދަން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް- އަޅުކަން ކުރުން ގިނަކުރީމާ ﷲ އެމީހުން ނިކަމެތިކުރައްވަވާނެ! މުފްތީ މެންކް

ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރާ މީހުން އެނގޭ ނަމަ އަވަހަށް އެމީހުންނާއި ދުރުހެލިވާށެވެ! އިތުރު "ރިސްކް" ނަގަން ނުހަދާށެވެ! ނަމަވެސް އެއި ކޮންބައެއްކަން ނުއެނގޭނަމަ އެމީހުން ދެނެގަންނަން ވަގުތުތައް ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އހެނީ ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރާ މީހުން ހޯދަން ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު އިތުރުކުރުމުން ﷲ ތަޢާލާ އެމީހުން ނިކަމެތި ކުރައްވަވައި ތިބާއަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެއްވަވާނެތެވެ! ވީމާ އަޅުކަން ކުރުން ގިނަކުރާށެވެ! ﷲ ތައާލާ އަށް ވަކީލުކުރުމާ އިތުބާރުކުރުން އިތުރުކުރާށެވެ!

ހަމައެއާއިއެކު ތިބާގެ އެކުވެރިންގެ ތެރޭގައި އެފަދަ ބައަކު ތިބި ނަމަ އެމީހުން ތިބާ އާއި ދުރު ކުރައްވަވައި ރަނގަޅު މީހުން ތިބާގެ ރަޙްމަތްތެރިން ކަމުގައި ދައްކަވާނެތެވެ! ހަމައެކަނި ކުރަންވީ ކަމަކީ ބޭކާރު ކަންކަމާއިމެދު ވިސްނައި ފިކުރުކުރަން ވަގުތު ނަގާނުލައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު ގިނަކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން