"ކިތަންމެ ބުރަކޮށް މަސައްކަތުގައި އުޅެފައި ކިތަންމެ ކުޑަކުޑަ ވަޤުތުކޮޅަކަށް ނަމާދަށްއެރި ނަމަވެސް އަޅުގަނޑުގެ އެއްވެސް ބޭނުމަކަށް އެދި ﷲ ތައާލާއަށް ދުޢާކުރާނަމަ އަޅުގަނޑޫގެ މައިންބަފައިންނަށްޓަކައިވެސް ހެޔޮ ދުޢާކުރަމެވެ. އެހައި ބޮޑަށް އެކަމަށް އެކަމަށް އަޅުގަނޑު ސަމާލުކަންދެމެވެ." މިފަދައިން ބުނާ ހެޔޮލަފާ ދަރިންވެސް މަދެއް ނޫނެވެ.
މައިންބަފައިންގެ މައްޗަށް ކުރަން އައިސްފައިވާ ދުޢާތައް ވަރަށް ގިނައެވެ. ސަބަބަކީ އެކަމުގެ ފައިދާ ބޮޑުކަމުން ރިވެތިހައި ޢިބާރާތްތަކުން މީސްތަކުން ދުޢާކުރަމުން ގެންދިއުމެވެެ.
اللَّهًمَّ يَاحَنَّانُ يَا مَنَّانُ يَاوَاسِعَ الْغُفْرَانَ، اِغْفِرْ لِى وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ، يَارَحْمَانُ يَا رَحِيْمُ اِرْحَمْ وَالِدَيَّ كَمَا رَبَّيَانِى صَغِيرًا
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުހަނު އޯގާވަންތަ ގިނަގުނަ ނިޢުމަތްތައްދެއްވަވާ ފާފަފުއްސެވުމުގައި ތަނަވެސްވެ ވޮޑިގެންވާ ރަސްކަލާކޮ! ޙިސާބު ބެއްލެވޭ ދުވަހު މިއަޅާއަށާ މިއަޅާގެ މައިންބަފައިންނަށާ އެންމެހާ މުއުމިނުންނަށް ފާފަފުއްސަވާނދޭވެ! ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު މިއަޅާ ބަލައި ބޮޑުކުރިފަދައިން މިއަޅާގެ މަންމައަށާ ބައްޕައަށް ރަޙުމަތްލައްވާނދޭވެ!
އަދި އިބްރާހީމް ސޫރަތުގައިވާ މިފަދައިންވެސް ދުޢާ ކުރެއެވެ.
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއްމިންތަކުންނަށް ފާފަފުއްސަވާނދޭވެ!" (އިބްރާހީމް: 41)