ނުބައިކޮށް ކަންކަންކުރާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ދެއްވަވާ ޘަވާބު މާގިނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ނުބައިކޮށް ކަންކަންކުރާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ދެއްވަވާ ޘަވާބު މާގިނަވާނެ!

"މަންމަގެ ރުހުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވެވިއެވެ." ބުނުމުން ވިއްދައިގެން "އެހެޔޮދޯ ކިތަންމެ ނުބައި ބ ޅ މަންމައަކަސް—" ފަދަ ބަސްތައް މަންމައާއި މުޚާޠަބްކޮށް އެ ބުނެވެނީ ބައިން މައިންގެ އަމަލުތައް ހުންނަ ގޮތުންނެވެ. 

ދަރިންނަށް އޯގާތެރި ރަނގަޅު ހެޔޮ ލަފާ މައިންގެ އަދަދު ނިޞްބަތުން މަތިނަމަވެސް، ނުވަތަ ދަރިންނަށް ހެޔޮކޮށްހިތާ މައިން ކިތަންމެ ގިނަ ނަމަވެސް މަދުންނަމަވެސް ވަރަށް އަނިޔާވެރި މައިން ތިބޭކަންވެސް ޤަބޫލުކުރަންޖެހޭނެއެވެ. އެއީ އެކަން ނުވެނުދާނެ ގޮތެވެ. 

މިއަދުނޫހުން ކިޔުންތެރިޔާ އިބްރާހީމް ނާޒިމްއަށް ދަންނަވާލަން އޮތީ މައިމީހާ ކިތަންމެ ނުބައި ނަމަވެސް، ކިތަންމެ ނުބައިކޮށް ކަންތައްތައް ކުރިނަމަވެސް އަޅައިވެސް ނުލަށެވެ. އެލިޔުމުގައިވާ މި ވަޙީބަސްފުޅަށް ވިސްނައިލާށެވެ!

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ."

މިފަދައިން ވަޙީކުރެއްވެވުމަށްފަހު ހެޔޮކޮށް ހިތަންޖެހޭ އެންމެ ބޮޑެތި ބައެއް ސަބަބުވެސް ވަނީ ވަޙީކުރައްވަވައިފައެވެ. 

"އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ...." (މައިންނަށް ގާތުން ދެވޭނީ ދޭނެ ކިރު ﷲ ތަޢާލާ ދެއްވެވި ނަމައެވެ.) 

ވީމާ ނުބައިކަމުން ހައްދުފަހަނައަޅާފަހުރި މަންމައަކު ލިބުނުނަމަވެސް ހެޔޮކޮށްހިތާށެވެ! އެއިރުން ﷲ ތަޢާލާގެ އަމުރުފުޅަށް ތިބާއަށް ކިޔަމަންތެރިވެވުނީއެވެ! ކޮންމެ މީހަކީވެސް އެމީހަކު ކުރި ކިތަންމެ ބޮޑު ނުބައިކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ހެޔޮކަމެއް ނަމަވެސް އަދި ކިތަންމެ ކުޑަ ފާފައެއް އަދި ކިތަންމެ ކުޑް ހެޔޮ ޢަމަލެއް ނަމަވެސް އެމީހަކާއި ބައްދަލުކުރާ މީހެކެވެ. 

ވީމާ މައިމީހާ ނަމަވެސް އަދި ބައްޕަ ނަމަވެސް ނުބައިކަމެއް ކޮށްފިނަމަ އެކަން އައިސް އެމީހަކާއި އަރައިހަމަކުރާނެތެވެ. އެކަމަށް ވިސްނާނެވެސް ކަމެއް ނެތެވެ. އެކަމުގެ ހިސާބުތައް ވަރަށް މޮޅަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމުގެ ވާހަކަ އިއްޔެވެސް ވާނީ ލިޔެވިފައެވެ. 

އަދިވެސް ކޮމެންޓުގެ ޖަވާބު ތަކުރާރުކޮށްލާނަމެވެ. "މައިންބަފައިން ކިތަންމެ ނުބައިކޮށް ކަންކަންކުރި ނަމަވެސް ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތައި ތިބާގެ ވާޖިބު އަދާކުރާށެވެ! ތިބާ ހެޔޮކޮށް ކަންކަން ކުރުމުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ތިބާއަށް ދެއްވަވާނެތެވެ! 

ގިނަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ނުބައިކޮށް ކަންކަންކުރާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ދެއްވަވާ ޘަވާބު މާގިނަވާނެއެވެ. 

"ދަރިންނަށް ހެޔޮކޮށް ހިތައި ލޯބިދީގެން ބަލައި ބޮޑުކުރާ ދަރިންނާ ލޯބި ނުދީ އަނިޔާވެރި ގޮތުގަ ގެންގުޅެ ބޮޑުކުރާ ކުދިންގެ މެދުގަ ވަރަށް ބޮޑަށް ތަފާތެއް ހުންނާނެ. އަނިޔާ ލިބިގެން ބޮޑެތިވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޚިދުމަތްކުރާއިރު ހިތަށް އަސަރުތަކެއް ކުރާނެ! އެކުދިންގެ ހިތަކީވެސް ހަމަ ދަނގަނޑުން އުފައްދަވާފައިވާ އެއްޗެއް ނޫން! ވީމާ އެފަދަ ކުދިން މައިންބަފައިންނަށް ހެޔޮގޮތުގައި ޚިދުމަތްކުރީމާ ﷲ ތަޢާލާ މާމަތީދަރަޖަ ދެއްވަވާނެ. މާގިނަ ޘަވާބު ދެއްވަވާނެ. އިން ޝާ ﷲ"

މިއަދު އޮންލައިން