ޛިކުރުކުރާނަމަ މީހާގެ ހިތް ﷲ ތަޢާލާއަށް ޚާލިޞްކޮށް، ﷲ ތަޢާލާގެ ކަންކަމަށް ވިސްނައި އަދި މިކިޔާ އެއްޗެއްގެ މާނައަށް ވިސްނަން ޢިލްމުވެރިން ބަޔާންކުރައްވަވަނީ މި ސަބަބަށްޓަކައެވެ.
(وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا) "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"
މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން