ރާއްޖޭގައި ހަމައިންނެއްޓި ބޮއްސުންލާފައިވާ ކޮންމެކަމެއްވެސް ބޮއްސުންލައިގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ ތަނަކުން ފާސްކޮށްފައިވާ ކީރިި ޤުރްއާނާއި ދެކޮޅު ޤާނޫނުތަކުގެ ސަބަބުންނެވެ.
ޒިނޭކުރުމާއި ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މިފަދަ ހުރިހާ މުންކަރާތްތަކެއް ޢާންމުވެގެން ގޮސްފައިމިވަނީ އެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ސަބަބުންކަން އެއީ މައްސަލަ ދިރާސާ ކުޑަކުދިންވެސް ދަންނަކަންކަމެވެ.
ވީމާ ތެޔޮމަތިން ތެޔޮޖަހައި ސިކުނޑި ތާޒާކޮށްގެން ތިބެ ނަމަވެސް ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން ނަގާފައިވާ މި ބަސްކޮޅު ކިޔައިލާށެވެ.
(الْحَقُّ مِن رَّبِّكُمْ) " (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ." ﷲ ގެ ޙަޟްރަތުން ފިޔަވާ އެހެން ފަރާތަކުން ޙައްގު ހޯދަން ނޫޅޭށެވެ. ސަބަބަކީ ޙައްގު ގޮތްވަނީ ﷲ ގެ އެންގެވުންތަކަށް ބޯލެނމުގައެވެ.
(فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ) " ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ!"