އެއްވެސް މީހެއްގެ ލޯބި ނުލިބިގެން ކަންބޮޑުވަނީ ހެއްޔެވެ؟ ތަޅުދަނޑި މިއޮތީ- ޤުރްއާނުން ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އެއްވެސް މީހެއްގެ ލޯބި ނުލިބިގެން ކަންބޮޑުވަނީ ހެއްޔެވެ؟ ތަޅުދަނޑި މިއޮތީ- ޤުރްއާނުން ފެންނަން!

"ތިބާ އެންމެ ލޯބިވަނީ ކާކުދެކެ" ކުރެވިއްޖެނަމަ ސުވާލުކޮށްފިނަމަ އަނބިމީހާ، ފިރިމިހާ ދަރިން، މައިން ބަފައިންގެ ވާހަކަ ބުނެވެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެނީ ސުވާލުން މާނަކުރެވެނީ އިންސާނުންގެތެރެއިން އެންމެ ބޮޑަށް ލޯބިވަނީ ކާކުދެކެކަމަށްވާތީއެވެ. 

ނަމަވެސް މިއީ ލޯބީގެ ދަށުދަރަޖައެވެ. ލޯބިވުމުގެ ދަށުދަރަޖައެވެ. އެންމެ މަތީ ދަރަޖަ ޚާއްޞަވެގެންވަނީ ﷲ ތަޢާލާއަށެވެ. 

ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމުތޯ ސުވާލުކުރެވިއްޖެނަމަ ކޮންމެ މުސްލިމަކުވެސް ޖަވާބުގައި ﷲ ތަޢާލާ ދެކެ ލޯބިވާކަމަށް ބުނާނެއެވެ. އެއިގެ ތެރޭގައި ގިނަވާނީ ލޯބިނުވެ ތިބެ ޘަޤާފަތެއްގެ ގޮތުން އެފަދައިން ބުނާ މީހުންނެވެ. ވީމާ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަށް ބަލައިލާނަމެވެ. 

ފުރަތަމަ ޝަރުޠަކީ ﷲ ތަޢާލާ ތިމާއަށް ދެއްވަވާފައިވާ އެންމެހައި ނިޢްމަތްތަކަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ތިމާގެ ޢަމަލުތަކުން ކިޔަމަންތެރިކަން އަދާކުރުމެވެ. ދެވަނަ ކަމަކީ ރަސޫލް ﷺ އަށް ލޯބިވުމެވެ. ސުންނަތަށް ލޯބިކުރުމެވެ. ތިންވަނަ ކަމަކީ ތިމާ ލޯބިވާންޖެހޭ މީހުން ދެކެ ލޯބިވުމެވެ. 4 ވަނަ ކަމަކީ ﷲ ތަޢާލާ އުފައްދަވާފައިވާ އެންމެހައި މަޚްލޫޤުންނަށް ލޯބިވުމެވެ. އެންމެހައި މީސްތަކުންނަށް ލޯބިވުމެވެ. 

މި 4 ޝަރުޠު ފުރިހަމަނުކޮށް ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކުކަމުގައި ނުވާނެއެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 31) 

ވީމާ ދެން އޮތީ އެބައެއްގެ ކިބައިން ތިބާ ލޯބިބޭނުންވާ މީހުންގެ ލޯބި ލިބިގަތުމެވެ. އެކަމުގައި ޢަމަލުކުރަންވީ ގޮތް މި ބަޔާންކުރި އާޔަތުގައި އެވަނީއެވެ. ""ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ...." 

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި، ﷲާފަތައް ފުއްސަވައިދެއްވެވުމުން އެމީހަކަށް އެންމެންގެ ލޯބިވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ އަދި އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. ވީމާ ބޭނުންވާ ހުރިހާ ލޯތްބެއްވެސް ޙާޞިލުކުރުމަށް އޮތް ތަޅުދަނޑިއަކީ ﷲ ތަޢާލާއަށް އީމާންވެ، ލޯބިވެ އަދި ރަސޫލާ ﷺ އަށް ތަބަޢަވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން