ނަރަކައިން ސަލާމަތްވެވޭނީ ޝައިޠޯނުންނާ މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބު އެނގިގެން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަރަކައިން ސަލާމަތްވެވޭނީ ޝައިޠޯނުންނާ މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބު އެނގިގެން-

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އިސްލާމް ދީނަށް ޢަމަލުކުރާ އެއްވެސް މީހަކީ މިދުނިޔެއިން މާގިނަ ކަންތައްތަކެއް ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. ދުނިޔޭގެ ޒީނަތްތެރިކަން ނުލިބިގެން ކަންބޮޑުވާނެ މީހެއްވެސް ނޫނެވެ. އެމީހުންގެ ހުރިހާ ވެސް އުންމީދަކީ ސުވަރުގެއެވެ. މަރުވުމުން ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށްވުމާއި ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމެވެ.

ޝައިޠާނާ އަކީ ފެށުނީންސުރެ މީސްތަކުންގެ އެންމެ ބޮޑު ހަސަދަވެރިޔާއެވެ. އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަން ހައްދުފަހަނައަޅައި ދިއުމުން ސުވަރުގެއިން ބޭރުކޮށްލެއްވެވީތީއެވެ. އަދި އެ ސުވަރުގެއަށް މުއުމިނުން ވަންނާނެތީއެވެ.

މީސްތަކުން ސުވަރުގެއާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ވީމާ އެމީހުން ކިޔާ އެއްޗެއް ކިޔާނެއެވެ. ކުރާ ކަމެއްވެސް ކުރާނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. މުއުމިނުންނަކީ އެއްވެސް ޒަމާނެއްގައި ޝައިޠާނާއަށް އަމާން ދިން ބައެއް ނޫނެވެ! އަމާން ދޭނެ ބައެއްވެސް ނޫނެވެ.

"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް، ﷲ ވަޢްދު ކުރައްވަވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ތައުބާ: 72)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން