ކައްވަޅުގަ އޮންނައިރު ނަރަކަ ގާތް ކުރައްވަވައި ޢަޛާބުން މިންވަރެއް ދެއްވަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކައްވަޅުގަ އޮންނައިރު ނަރަކަ ގާތް ކުރައްވަވައި ޢަޛާބުން މިންވަރެއް ދެއްވަވަތެވެ!

ކައްވަޅުގެ ޢަޛާބާއިމެދު މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. ނަތީޖާއެއްގެ ގޮތުން ނަރަކައިގެ ޢަޛާބާއިމެދުގައިވެސް މިވަނީ ޣާފިލުވެވިފައެވެ. ކައްވަޅުގައި ދެއްވަވާ ޢަޛާބުގެ ވާހަކަ ކީރިތި ޤުރްއާނުން އެނގެން އެބަ އޮތެވެ. 

"އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތް ގެވަގުތު އަންނަދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރުއަޢުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދަވާށެވެ!" (އަލްޣާފިރު: 46) 

މިއާޔަތުގައި މިވަނީ މުސާގެފާނު ގަނޑުވަރުގައި ބަހައްޓައިގެން ބޮޑުކުރި ފިރުއަޢުނާއި މޫސާގެފާނު އަވަހާރަކޮށްލަން ހަނގުރާމައަށް ގޮސް ޣަރަޤުވެ މަރުވި ފިރު އަޢުނުގެ ވާހަކައެވެ. އެއީ 2 މީހެކެވެ. ކަލަކު ކަމަށް ދައުވާކޮށް، މީސްތަކުންނަށް އަނިޔާވެރިވި 2 މީހުންނެވެ. އެކަކީ މޫސާގެފާނު އުފަންވެދާނެކަމުގެ ބިރަށް އެތައް ބައިވަރު ކުޑަކުދިން އުފަންވާތަނުން އަތުލައިގަނެ ޤަތުލުކުރަމުން ގެންދިއަ ފިރުއަޢުނެވެ. 

މީހާގެ ހަށިގަނޑު ވަޅުލެވުމާއި ނުލެވުމަކީ ކައްވަޅުގެ ޢަޛާބު ނުލިބޭނެ ސަބަބެއް ނޫނެވެ. 

މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ނަރަކައިގެ ޢަޛާބު އެދެމީހުންނާއި ކައިރިކުރެވި ޢަޛާބު ލިބެއެވެ. ޤިޔާމަތާއި ހަމައަށް އެކަން ދެމިގެންދާނެއެވެ. ޤިޔާމަތް ދުވަހު 2 ފިރުއަޢުނުވެސް ވައްދަވާނީ ނަރަކައަށްކަންވެސް މިއާޔަތުގައި އެވަނީ ބަޔާން ކުރައްވަވައިފައެވެ. 

- ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން