"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!" (އަންނޫރު: 2)
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. ޤުރްއާނަށް ގޮންޖަހައި ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ބަދަލުކުރާ މީހުން އެކަމުގެ ރަހަ ދެކޭނެތެވެ. އިސްލާމް ދީނަށް ނަޞްރުދޭނެކަމަށާއި ދީން ދިފާޢުކުރާނެކަމަށް ބުނުމަކުން ނުފުދެއެވެ. އޮތީ ޢަމަލުކުރުމެވެ.