ގިނަބައަކާ މިހާރު ޖިންނި ޝައިޠޯނުން އަވަލާ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ގިނަބައަކާ މިހާރު ޖިންނި ޝައިޠޯނުން އަވަލާ ސަބަބު-: މުފްތީ މެންކް

ބައެއް މީހުން ސުވާލުކުރެއެވެ. ގިނަ ބައަކާއި ޖިންނި ޝައިޠޯނުން އަވަލަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ބައަކު މަގުފުރެދި ހަލާކުވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ 

ޖަވާބު ކީރިތި ޤުރްއާނުން ލިބެން އެބައޮތެވެ. ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވުމުން އޭނާގެ ބައިވެރިއަކު ކަމުގައި ޝައިޠޯނަކު ލައްވަވާނެ ކަމެވެ. މިއަދު މިފެންނަނީ އެކަން އެގޮތަށް މެދުވެރިވަމުން އަންނަ ތަނެވެ. 

ގިނަ ބައަކު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވެއްޖެއެވެ. އެއްވެސް ޖެހިލުމެއް ނެތި އެމީހަކު ކުރަން ބޭނުންވާހައި ފާފަތަކެއް ކުރަމުން ގެންދަނީއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ޢަމަލުކުރެވެނީ ޝައިޠޯނާ ބުނާގޮތަށެވެ. ކުރަނީ ޝައިޠޯނާ ބޭނުންވާ ކަންކަމެވެ. 

ހަމަ އެއާއިއެކު އެމީހަކީ ﷲ ތަޢާލާ ހަނދުމަކޮށް ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުރި މީހަކު ނަމަ އެމީހަކަށް ހިތްވަރު ދެއްވަވައި ހެޔޮ މަގަށް މަގުދައްކަވާނޭ މަލާއިކަތަކު ލައްވަވާނެތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން