ތިމާއަށް މަސައްކަތް މިކުރެވެނީ އާޚިރަތް ހޯދަންކަން ނުވަތަ ދުނިޔެ ހޯދަންކަން ދެނެގަންނާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިމާއަށް މަސައްކަތް މިކުރެވެނީ އާޚިރަތް ހޯދަންކަން ނުވަތަ ދުނިޔެ ހޯދަންކަން ދެނެގަންނާނެ ގޮތް-

ޢާންމު ގޮތެއްގައި އަހަރެމެންނަށް ބައްދަލުވަނީ 2 ބާވަތެއްގެ މީހުންނާއިއެވެ. އެއް ބައަކީ އާޚިރަތް އެދިގެން މަސައްކަތްކުރާ މީހުންނެވެ. ދެވަނަ ބައަކީ ދުނިޔޭގެ އެދުމަށް ދަހިވެތިވެ ދުނިޔެ ހޯދަން މަސައްކަތްކުރާ މީހުންނެވެ.

އަހަރެންނަށް ފެނުނީ މީގެ ތެރެއިން އާޚިރަތް ހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ދުނިޔެވެސް ލިބިގެން ދިއަތަނެވެ. ނަމަވެސް ދުނިޔެ ހޯދަން މަސައްކަތްކުރި ހަމައެކަކަށްވެސް ޢަމަލު ކުރެވިފައިވަނީ އާޚިރަތް ލިބޭނެ ގޮތަކަށް ނޫނެވެ.

އަހަރެމެން މިދުނިޔެއަށް ފޮނުއްވެވީ އާޚިރަތް ހޯދަން މަސައްކަތް ކުރުމަށެވެ. ވީމާ އާޚިރަތް ހޯދަން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އޮހެމުންނެވެ. ވީމާ މިދުނިޔެވެސް އެމީހަކަށް ދާނީ ކާމިޔާބުވަމުންނެވެ. ދުނިޔޭގެ އުފާތައްވެސް ދާނީ ހާޞިލުކުރެވެމުންނެވެ.

ދުނިޔެ ހޯދަން މަސައްކަތްކުރާ މީހާ އާ އާޚިރަތް ހޯދަން މަސައްކަތްކުރާ މީހާ ވަކިކުރަން އެނގޭނެ ގޮތްތައް ވެސް އެބަހުއްޓެވެ. ކުޑަކުޑަ އެއް މިސާލު ބުނެދޭނަމެވެ. އާޚިރަތް ހޯދަން އެދޭ މީހާވެސް ހަމަ ދުނިޔެ ހޯދަން އެދޭ މީހާ ފަދައިން ދިރިއުޅެން މަސައްކަތްކުރާނެއެވެ. ތަފާތަކީ އާޚިރަތް ހޯދަން ހޯދަން އެދޭމީހާއަށް ބަންގީގެ އަޑު އިވުމުން ނުވަތަ ނަމާދު ވަގުތު ޖެހުމުން ކުރަން ހުރި މަސައްކަތް ބަހައްޓާފައި އޭނާ އަވަސްވެގަންނާނީ ނަމާދުކުރުމަށެވެ. އަދި ނަމާދުކުރުމަށްފަހު އަވަސްވެގަނެގެން މިސްކިތަކުން ނުފައިބާނެއެވެ. އެމީހާ ފައިބާނީ ނަމާދަށްފަހު ސުންނަތްވެސް ކޮށްގެންނެވެ. އެދެމެދުގައި ހޯދެން ހުރި އާމްދަނީ އޭނާ ވަކީލުކުރާނީ ﷲ ތަޢާލާއަށެވެ.

ނަމަވެސް ދުނިޔެ ހޯދަން މަސައްކަތްކުރާ މީހާ އަބަދުވެސް ބަލާނީ ދެ ނަމާދު އެއްކޮށްލުން ފަދަ ކަންކަން ކުރުމަށެވެ. މާނައަކީ ޢަޞްރުވާން ގާތްވުމުން އަރައި މެންދުރު ނަމާދާއި ޢަޞްރު ނަމާދުކުރުން ފަދަ ކަންކަން ފަދަ ކަންކަން ކުރުމަށެވެ. އެގޮތަށް ލަސްކުރަން ހަދައިގެން ގިނަ ފަހަރު އޮންނާނީ ނަމާދު އެ ނަމާދުގެ ވަގުތުގައި ނުކުރެވިފައެވެ.

ތިއަބައިމީހުން ރަނގަޅަށް ވިސްނާފައި ނިކަން ބުނެބަލާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި މިދެމީހުން އެއްވަރުވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެކަމަށް ވިސްނުމުން މިދެއްކި ވާހަކައިގެ ޙަޤީޤަތް އެނގޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން