ކުޑަ ފާފައެއް ކަމަށް ބަލައިގެން ފާފަ ކުރެވޭނަމަ އެހުރެވެނީ ޝައިޠޯނާގެ ކަސްތޮޅުގަ- ދެން ކުރުވާނީ ބޮޑެތި ފާފަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުޑަ ފާފައެއް ކަމަށް ބަލައިގެން ފާފަ ކުރެވޭނަމަ އެހުރެވެނީ ޝައިޠޯނާގެ ކަސްތޮޅުގަ- ދެން ކުރުވާނީ ބޮޑެތި ފާފަތައް!

ކޮންމެ ފާފައެއް ކުރަންވެސް ފުރަތަމަ ފެށޭނީ ކުޑަ ގޮތަކަށެވެ. މިކުރެވެނީ ކުޑަކުޑަ ފާފައެއް ދެކިގެންނެވެ. ކިތަންމެ ކުޑަކުޑަ ފާފައެއް ނަމަވެސް ކުރެވެން ފެށުމުން ކުރެވޭ ފާފަތައް ގިނަވެ ބޮޑުވެ ސަލާމަތް ނުވެވެނީއެވެ.

ފާފަ ކުރުމަށް ދެވި ހިފަނީއެވެ. އެންމެ ފަހަރަކުވެސް ފާފައެއް ކުރެވިއްޖެ ނަމަ އެމީހަކާއިއެކު ޝައިޠާނާ އިތުރަށް ވަކިތައް ހިއްޕައިލާނެއެވެ. އެންމެ ފަހުން އެ ވަކިތަކުން ސަލާމަތް ނުވެވޭ ހިސާބަށް ކަންކަން ގޮސް މީހާ މަގުފުރެދިގެންދަނީއެވެ. ވީމާ އޮތް ޙައްލަކީ ހަމަ އެންމެ ފާފައެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ތިމާގެ މައްޗަށް ބާރުވެރިވުމަށް އެއްވެސް ފުރުޞަތެއް ޝައިޠާނާއަށް ނުދިނުމެވެ.

ފާފަ ކުރެވުމުގައި 2 ޙާލަތެއް މެދުވެރިވެއެވެ. ފުރަތަމަ ޙާލަތަކީ ފެންނަ ކަންކަމުގެ ސަބަބުން ފާފަތައް ކުރުމާއި ދިމާއަށް މީހާ ދަމައިގަތުމެވެ. އެކަމުގެ ވަރަށް ކުޑަ މިސާލެއް ބުނެފާނަމެވެ.

ތިބާ ބަލަން އިނީ ބަލައިގެން ނުވާނެ ފިލްމެއް ނޫނެވެ. ނަމަވެސް އެ ފިލްމުގެ މަންޒަރެއްގެ ތެރެއިން އާދައާއި ޚިލާފް ގޮތަކަށް ހުރި އަންހެނަކު ފެނިއްޖެ ނަމަ ސިކުނޑި ތެޅިގަންނާނެއެވެ. ނަތީޖާއަށް ވާނީ ބަލަމުން ދިއަ ފިލްމުގެ ބަދަލުގައި އެއް ގޮތަކަށްވެސް ބަލައިގެން ނުވާނެ ފިލްމެއް ބެލެން ފެށުމެވެ.

މިގޮތަށް އެކަން މެދުވެރިވަނީ ޝައިޠާނާ އެދެމެދަށް ވަދެގަންނާތީއެވެ. އެންމެ މުހިންމު ވަގުތު ބަލާފައި ފުރުޞަތުގެ ބޭނުން ހިފައި ޝައިޠާނާ ތިމާގެ ސިކުނޑިއަށް ވެރިވެގަންނާތީއެވެ. މިހާލަތުން ސަލާމަތްވެވޭނެ ގޮތަކީ ކުރިއާލައި އެފަދަ ކަންކަމަށް ސަމާލުކަން ދިނުމެވެ. އެފަދަ ޙާލަތެއ މެދުވެރިވެދާނެ ފިލްމެއްވެސް ނުބެލުމެވެ.

ކަންކަން މިފަދައިން މެދުވެރިވާތީ އެކަނި އިނދެ ޓީވީ ބެލުން ފަދަ ކަންކަމުގައި ވަރަށް ބޮޑަށް ސމާލުކަން ދޭންޖެހޭނެއެވެ. ތިމާގެ ނަފްސު ކޮންޓްރޯލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ނެތް ނަމަ އެކަނި އިނދެ އެބާވަތުގެ އެއްވެސް ކަމެއް ނުކުރާށެވެ!

--ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން