ފުރަތަމަ ކަމަކަށް ޖަމާޢަތުގައި ފަތިސްނަމާދުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ހުކުރުވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދެވެ.
ދެވަނަ ކަމަކަށް ވީހާއަވަހަކަށް ހުކުރަށް ގޮސް ހުކުރުނަމާދުކުރުން
ތިންވަނަ ކަމަކަށް ރަސޫލް (ޞޢވ)އަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!
اَلْحَمْدُ للهِ رَبِّ الْعَالَمِيْن، اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن
ޢާލަމް ތަކުގެ ވެރި ﷲ އަށް ޙަމްދާއި ޝުކުރުކުރަމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދު ނަބިއްޔާއަށާ އެމާތް ނަބިއްޔާގެ އެންމެހާ އާލުންނާ އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!
ހަތަރުވަނަ ކަމަކަށް އިރުއޮއްސުމުގެ ކުރިން ކަހްފި ސޫރަތް ކިޔަވާށެވެ